އިދިކޮޅު ފަރާތްތަކުން މޫނަށް ރުލެއްވެސް ނާރުވާ ދޮގުހަދާއިރު، އަމިއްލައަށް ފަލީހަތްވާއިރުވެސް ނޭނގޭ: ރައީސް
1 ޖޫން 2026 - 07:15
.jpg&w=3840&q=75)
އިދިކޮޅު ފަރާތްތަކުން މޫނަށް ރުލެއްވެސް ނާރުވާ ދޮގުހަދާއިރު، އަމިއްލައަށް ފަލީހަތްވާއިރުވެސް ނޭނގޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މޫނަށް އެއްވެސް ކުލަވަރެއް ނުވަތަ ރުލެއްވެސް އަރުވާނުލައި ފަތުރަމުންދަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މިއީ ދޮގު ހެދުމުގެ މުޅިން އެހެން ލެވެލްއެއްގެ ސިޔާސީ ޢަމަލުތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.

Ad by Hajj Corporation
އެގޮތުން ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް މަގާމުން ވަކިކުރާ ނުވަތަ ވަކިވާން އުޅޭ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް، ހަމައެކަނި ފާޑެއްގެ "ގޮސިޕް" އެއް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިއީ ޕޮލިޓިކްސެއް ނޫން ކަމަށާއި އަދި އެއީ ޑާރޓީ ޕޮލިޓިކްސެއްވެސް ނޫން ކަމަށް ވަނީ ތަކުރާރުކުރައްވާފައެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެއީ މުޅިން އެހެން ލެވެލްއެއްގެ ޕޮލިޓިކްސް ކަމަށާއި ދޮގު ހަދަމުން ގޮސް އަމިއްލަ މީހާ ފަލީހަތްވެގެންދާއިރުވެސް އެކަމާ ދެރަނުވާކަން ފާހަގަކުރެއްވިއެވެ. އަދި ސިޔާސީ ޕާޓީތައް ހަދައިގެން ތިއްބެވި ބޭފުޅުން ކުރައްވާ މިފަދަ ކަންކަމާ މެދު ހިތާމަކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން "ޒިންމާދާރު އޮޕޮޒިޝަނެއް" މި ގައުމުގައި މިހާރު ނެތް ކަމަށާއި އިދިކޮޅުގައި މިހާރު އޮތީ ހަމައެކަނި ތާކުންތާކުނުޖެހޭ އަދި އެއްވެސް ބިންގަލެއް ނެތް ބޭސްލެސް ވާހަކަތައް ދެއްކުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި ގައުމުގެ މަތީ މަގާމުތައް އަދާކޮށްފައި ތިއްބެވި ބޭފުޅުންނާއި އެބޭފުޅުންގެ އަރިސް ބޭފުޅުން މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގަވާތީ، ރާއްޖޭގެ ސިޔާސީ މައިދާނާ މެދު ވަރަށް ބޮޑަށް ހަމްދަރުދީވެވަޑައިގަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.


