ނަމާދު ވަގުތުތަކުގައި ކުޅިވަރު ނުކުޅޭވޭ ގޮތް ހަދަނީ
1 ޖޫން 2026 - 06:38
.jpg&w=3840&q=75)
ނަމާދު ވަގުތުތަކުގައި ކުޅިވަރު ނުކުޅޭވޭ ގޮތް ހަދަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން އިއުލާން ކުރެއްވީ ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation
ރައީސް ވިދާޅުވީ ދިވެހިންނަކީ ހުރިހާ މާނައެއްގައި ވެސް ޢަމަލީ ގޮތުން ވެސް އިސްލާމް ދީނާއި ގާނޫނު އަސާސީގެ ހަމަތަކުގެ މަތިން ކަންކަން ކުރާ ބައެއް ކަމަށެވެ. އަދި ހުރިހާ ކަމެއްގައި ވެސް ޢަމަލީ ގޮތުން އެކަން ކުރިއަށް ގެންދެވެން ޖެހޭނެ ކަމަށެވެ.
އެގޮތުން ކުޅިވަރުގެ މައިދާނުގައި ވެސް އުޅޭއިރު ވެސް ނަމާދު ގަޑި ޖެހިގެން ނިމިގެންދާއިރު، ކުޅިވަރު ކުޅުމުގައި ތިބުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަން ފާހަގަކުރައްވާފައި ވެއެވެ. އަދި ގަސްދުގައި ނޫން ނަމަވެސް އެއީ މިހާރު ކަންކަން އޮންނަ ގޮތްކަން ފާހަގަކުރެއްވިއެވެ.
އެހެންކަމުން މިހާރު ސަރުކާރުން އަޅާ ސްޕޯޓްސް ކޮމްޕްލެކްސް ހިމެނޭހެން އިމާރާތްތަކުގައާއި ކުޅިވަރު ކުޅޭ މައިދާން، އެކުވެނި ކަހަލަ ތަންތަނުގައި ވުޟޫކޮށް ނަމާދު ކުރެވޭ ގޮތަށް ފެސިލިޓީތައް ގާއިމު ކުރައްވާނެކަަމަށް ވިދާޅުވިއެވެ. އަދި އެކަން އޮތީ މަޝްވަރާކޮށް، ތަންފީޒު ކުރުމާއި ހަމައިގާ ކަމަށެވެ.
މީގެއިތުރުން ރައީސް ވަނީ ބަންގި ގޮވާގަޑިން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުކޮޅަކަށް ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލުމަށް ގެންނަން ޖެހޭ ބަދަލުތަކެއް ވެސް ގެންނާނެކަން ފާހަގަ ކުރައްވާފައެވެ.


