logo
MPL

MPL

ޚަބަރު

ރައީސް އާއި ޢާއިލާގެ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން އެންމެ ލާރިއެއްވެސް ޚަރަދުކޮށްފައި ނުވާނެ: އިޤްބާލް

މުހައްމަދު މޫސާމުހައްމަދު މޫސާ
2 ޖޫން 2026 - 16:57
 ރައީސް އާއި ޢާއިލާގެ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން އެންމެ ލާރިއެއްވެސް ޚަރަދުކޮށްފައި ނުވާނެ: އިޤްބާލް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ކުރައްވާ އަމިއްލަ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އިޤްބާލް އާދަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިޤްބާލް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ކުރައްވަމުން ގެންދަވާ އަމިއްލަފުޅު އެކިއެކި ދަތުރުފުޅުތަކާ ގުޅުވައިގެން ބައެއް ފަރާތްތަކުން ފަތުރަމުންދާ ޚަބަރުތަކަށް ރައްދު ދެއްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިޤްބާލް ވިދާޅުވީ އެފަދަ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް، ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތު ހިމެނޭ ޚަބަރުތަކެއް ކަމަށެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް ތަފްޞީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ޢާއިލާގެ އެއްވެސް ބޭފުޅަކު އަމިއްލަފުޅު ޙައިސިއްޔަތުން މިހާތަނަށް ކުރެއްވި އެއްވެސް ދަތުރުފުޅެއްގައި، ދައުލަތުގެ ބަޖެޓުން އެންމެ ލާރިއެއްވެސް ޚަރަދުކޮށްފައި ނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށެވެ.

މީގެ އިތުރުން، ސިޔާސީ ބޭނުމަކަށްޓަކައި މިފަދަ ދޮގު ވާހަކަތައް ފަތުރާ ފަރާތްތަކުން، އެފަދަ ކަންކަން ހުއްޓާލުމަށްވެސް މިނިސްޓަރު އިޤްބާލް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެސް ވަނީ  ވެރިކަމާ ހަވާލުވެވަޑައިގަތީއްސުރެ މިހާތަނަށް ކުރެއްވި އެއްވެސް އަމިއްލަފުޅު ދަތުރުފުޅަކަށް ދައުލަތުގެ ނުވަތަ ރައްޔިތުންގެ އެންމެ ފައިސާ ފޮއްޗެއް ވެސް ހަރަދު ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

%83 ގެ ކުރިއެރުމަކާއެކު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ފަށައިފިޚަބަރު | 42 މިނިޓު ކުރިންފުނަދޫގެ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ރައީސްގެ ޚާއްޞަ ޝުކުރެއް, އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރެއްވިޚަބަރު | 6 ގަޑިއިރު ކުރިންދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ރަންވަނަތައް ހޮވައި، އިނާމު ދީފިޚަބަރު | 14 ގަޑިއިރު ކުރިންކުދި ވިޔަފާރިތަކަށް ބޮޑު ލުޔެއް: އުފެއްދުންތަކަށް ބޭނުންވާ ސާމާނުން 5 އަހަރަށް ޑިއުޓީ ކަނޑާލަނީޚަބަރު | ދުވަހެއް ކުރިން