logo
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިBank of Maldives

Bank of Maldives

ޚަބަރު

ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ ދެވަނަ ބުރުގައި 77 ބައިވެރިން

މަރިޔަމް މާޙީ
3 ޖޫން 2026 - 10:53
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ ދެވަނަ ބުރުގައި 77 ބައިވެރިން

ސަރުކާރުން ފަށާފައިވާ "ދިވެހި ވަޠަނީ ޚިދުމަތް" ޕްރޮގްރާމްގެ ދަށުން ހިންގާ ފަންނީ ތަމްރީނުގެ ދެވަނަ ބުރުގައި ބައިވެރިވާ 77 ޒުވާނުން، ތަމްރީނު ފުރިހަމަކުރުމަށްޓަކައި މިއަދު ބ. ކިހާދޫއަށް ފުރައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބެޗް ފުރިހަމަ ކުރި ޒުވާނުންގެ ތެރެއިން ފަންނީ ތަމްރީނަށް ކުރިމަތިލީ ކުދިންނަށް މި ފުރުޞަތު ދެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ތަމްރީނު ޕްރޮގްރާމް ކުރިއަށްދާނީ ބ. ކިހާދޫގައި ޤާއިމުކޮށްފައިވާ އެމް.އެން.ޑީ.އެފްގެ ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްގައެވެ. މި ފަހަރުގެ ބުރުގައި ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. ތަމްރީނުގައި ބައިވެރިވާ 77 ޒުވާނުންނަކީ ޢުމުރުން 16 އަހަރާއި 19 އަހަރާ ދެމެދުގެ ކުދިންނެވެ.

މި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން ތަފާތު 6 ފަންނީ ދާއިރާއަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުޞަތު ބައިވެރިންނަށް ލިބިގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ މިފަދަ ތަމްރީނުތަކުގެ ޒަރީޢާއިން ޤައުމީ ރޫޙު ހުރި، މަސައްކަތްތެރި އަދި އަޚްލާޤު ރަނގަޅު ޒުވާން ޖީލެއް ބިނާކުރުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަޝާދު ނިޔާވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާޚަބަރު | 4 ގަޑިއިރު ކުރިންތިމާވެށީގެ ކަންކަމުގައި ރާއްޖެއަކީ ގޮތްހުސްވެފައި އޮންނަ ގައުމެއް ނޫން: ރައީސްޚަބަރު | 7 ގަޑިއިރު ކުރިންކުޅިވަރުތައް ނަމާދަށް މެދުކަނޑާލުމާއި ކުޅިވަރު ކުޅޭ މައިދާންތަކުގައި ނަމާދު ކުރެވޭގޮތް ހެދުމަށް އެ ތިން ރައީސުން ގަޔާނުވަނީތަ؟ރިޕޯޓް | 8 ގަޑިއިރު ކުރިންތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ގްރީން ފަންޑުން ޚަރަދު ކުރަނީޚަބަރު | 8 ގަޑިއިރު ކުރިން