logo
Bank of Maldives

Bank of Maldives

ދުނިޔެ

އެންގޭޖްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އިންފްލުއެންސަރޭޝްލީ ޖެނޭ އެފްރިކާގައި މަރުވެފައި އޮއްވާ ފެނިއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
15 އޭޕްރީލު 2026 - 14:17
އިންފްލުއެންސަރޭޝްލީ ޖެނޭ
އިންފްލުއެންސަރޭޝްލީ ޖެނޭ

ޓެންޒޭނިއާގެ ޒަންޒިބާރުގައި ދާދި ފަހުން މަރުވި ނިއު ޖާޒީއަށް ނިސްބަތްވާ އިންފްލުއެންސަރެއްގެ މަރުގެ މައްސަލައިގައި އޭނާގެ އާއިލާއިން ޖަވާބުތަކެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އިންސްޓަގްރާމްގައި އެޝްލީ ޖެނޭގެ ނަމުން މަޝްހޫރުވެފައިވާ އުމުރުން 31 އަހަރުގެ އެޝްލީ ރޮބިންސަން މަރުވީ އޭނާގެ އުފަންދުވަސް ފާހަގަކުރުމަށް ފިއާންސޭ ޖޯސެފް މެކޭންއާއެކު އެފްރިކާއަށް ކުރި ދަތުރެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓެންޒޭނިއާގެ ފުލުހުންނާ ހަވާލާދީ 'މުވަނަންޗީ' ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރޮބިންސަން މަރުވީ މިދިޔަ ހުކުރު ދުވަހުއެވެ. ފުލުހުން މިހާތަނަށް ބަލަމުންދަނީ މިއީ އަމިއްލައަށް މަރުވުމުގެ މައްސަލައެއްގެ ގޮތުގައެވެ. ނަމަވެސް ރޮބިންސަންގެ މަންމަ ޔޮލަންޑާ ޑެނީސް އެންޑްރެސް މިކަން ގަބޫލެއް ނުކުރެއެވެ. އޭނާ ބުނީ ދަރިފުޅަކީ އަމިއްލަ ނަފްސަށް ގެއްލުމެއް ދީފާނެ ކުއްޖެއް ނޫން ކަމަށާއި، އޭނާ ހުރީ ވަރަށް އުފަލުން ކަމަށެވެ.

މި ދަތުރުގެ ތެރެއިން އޭޕްރިލް 3 ވަނަ ދުވަހު ޒޫރީ ޒަންޒިބާރު ރިސޯޓުގައި މެކޭން ވަނީ ރޮބިންސަންއަށް ޕްރޮޕޯޒްކޮށްފައެވެ. ނަމަވެސް އޭގެ ފަސް ދުވަސް ފަހުން، އޭޕްރިލް 8 ވަނަ ދުވަހު ރޮބިންސަން އޭނާގެ މަންމައަށް ގުޅައި، މެކޭންއާ ދެމެދު ހިނގި ދެބަސްވުމަކަށްފަހު ދެމީހުން ވަކި ދެ ކޮޓަރިއަކަށް ބަދަލުވެފައިވާ ކަމަށް ބުނެފައިވެއެވެ.

ޖެހިގެން އައި ދުވަހު މެކޭންގެ ފަރާތުން އާއިލާއަށް ލިބުނު ފޯނު ކޯލެއްގައި ބުނީ ރޮބިންސަން އަމިއްލައަށް ކޮންމެވެސް ކަމެއް ކޮށްގެން ހޮސްޕިޓަލަށް ގެންދާ ކަމަށެވެ. މެޑިކަލް ރިޕޯޓްތަކުން ދައްކާ ގޮތުގައި ރޮބިންސަންގެ ކަރުގައި ނޭނގޭ ނިޝާނެއް ހުއްޓެވެ. މެކޭން ބުނެފައިވަނީ އޭނާއަށް ރޮބިންސަން ފެނުނީ ދޮރުގައި ދަންޖެހިފައި ހުއްޓާ ކަމަށެވެ. ހޮސްޕިޓަލުން ބުނެފައިވަނީ އޭނާ މަރުވީ ކަރުގައި އެއްޗެއް އޮޅި ނޭވާ ހާސްވުމުގެ ސަބަބުން ސިކުނޑިއަށް އޮކްސިޖަން ނުލިބިގެން (cerebral hypoxia) ކަމަށެވެ.

ސޯޝަލް މީޑިއާގައި ރޮބިންސަންގެ ފޮލޯވަރުން ދަނީ މި މަރުގައި މެކޭންގެ އަތެއްވާ ކަމަށް ތުހުމަތު ކުރަމުންނެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ މިހާތަނަށް އޭނާގެ މައްޗަށް އެއްވެސް ކުށެއްގެ ތުހުމަތެއް ނެތް ކަމަށެވެ. އެހެންނަމަވެސް ތަހުގީގު ނިމެންދެން އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.

ރޮބިންސަންގެ އާއިލާއިން މިހާރު ދަނީ ޓެންޒޭނިއާ ސަރުކާރަށް ބާރުއަޅައި، ރިސޯޓުގެ ސަވައިލަންސް ފޫޓޭޖް ހޯދުމަށާއި މި މަރުގެ ފުރިހަމަ ހަގީގަތް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. "އޭނާއަކީ އެންމެންގެ ލޯބި ލިބިފައިވާ ކުއްޖެއް. އޭނާ އެއްލާލައި، ހަނދާން ނައްތާލިޔަކަ ނުދޭނަން،" އެންޑްރެސް ބުންޏެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންގޭޖްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އިންފްލުއެންސަރޭޝްލީ ޖެނޭ މަރުވެފައި އޮއްވާ ފެނިއްޖެދުނިޔެ | 2 ގަޑިއިރު ކުރިން ފަރަންސޭސި އުންމީދީ ލީޑަރު އިޓަލީގެ ޝާހީ ޢާއިލާގެ ބޭފުޅަކާއި ލޯބީގެ ގޮތުން ގުޅިވަޑައިގެންފައިވާ ކަމުގެ އަޑުތަކެއްދުނިޔެ | 4 ދުވަސް ކުރިންޝައިލޯ ޖޯލީ: މަންމަ އެންޖެލީނާގެ ޒުވާން ދުވަސްވަރާ އިންތިހާއަށް ވައްތަރުވެ ގިނަ ބަޔަކު ހައިރާންކޮށްލައިފިޚަބަރު | 4 ދުވަސް ކުރިންއިންޓަނެޓްގައި މަޝްހޫރުވި "ކުންބު މޭލާ ގާލް" އާއިލާގެ ދެކޮޅުވެރިކަމާއެކު ފުލުހުންގެ ހިމާޔަތުގައި ކުރި ކައިވެނިޚަބަރު | މަހެއް ކުރިން