logo
E-Platinum
ދުނިޔެ

އިޒްރޭލުން ދިން ހަމަލާއެއްގައި ލުބްނާނުގައި ތިބި އދ.ގެ ސުލްހަ ބަލަހައްޓާ ދެ ސިފައިން ޒަހަމްވެއްޖެ

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
12 އޮކްޓޯބަރު 2024 - 06:55
އިޒްރޭލުން ދިން ހަމަލާއެއްގައި ލުބްނާނުގައި ތިބި އދ.ގެ ސުލްހަ ބަލަހައްޓާ ދެ ސިފައިން ޒަހަމްވެއްޖެ

ލުބުނާނުގެ ދެކުނުގައި ހުންނަ ވޮޗްޓަވަރު ކައިރީގައި އިސްރާއީލުން ދިން ހަމަލާއެއްގައި އދ.ގެ ސުލްހަ ބަލަހައްޓާ ދެ ސިފައިންޒަހަމްވެއްޖެ.

މި ހާދިސާގައި ޒަހަމްވި ސިފައިންނަކީ ސްރީލަންކާއަށް ނިސްބަތްވާ ސިފައިނެވެ.

އދ.ގެ ސިފައިންނަށް ދިން ހަމަލާތައް ބައިނަލްއަގްވާމީ މުޖުތަމައުން ކުށްވެރިކޮށްފައިވާއިރު އޭގެ ތެރޭގައި ފަރަންސޭސިވިލާތް، އިޓަލީ، ސްޕެއިން އަދި ރަޝިއާ ހިމެނެއެވެ. މީގެއިތުރުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ ޔުނިފިލް ސިފައިންނަށް ހަމަލާ އަމާޒު ނުކުރުމަށް އިޒްރޭލަށް ގޮވާލައްވާފަ އެވެ.

ޣައްޒާ ހަނގުރާމައިގައި ހިޒްބުالله އިން ހަމާސް އަށް ތާއީދު ކުރުމާ ގުޅިގެން އުފެދުނު އިސްރާއީލާއި ހިޒްބުاللهގެ ހަމަނުޖެހުން އިތުރަށް ހޫނުވެ، ދެ ފަރާތަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. ސީރިއާ ފަދަ އަވަށްޓެރި ސަރަހައްދުތަކަށް ހަނގުރާމަ ފެތުރިދާނެކަމުގެ އިތުރު ކަންބޮޑުވުންތަކާއެކު މުޅި ސަރަހައްދުގެ މަސްރަހު އަދިވެސް އޮތީ ނުތަނަވަސްވެފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަސަދުގެ ސަރުކާރު ވެއްޓުމާ އެކު ޙިޒްބުاللهއަށް ހަތިޔާރު ހޯދަން ގޮންޖެހުންތަކެއްދުނިޔެ | 7 މަސް ކުރިންހިޒްބުﷲގެ އާ ލީޑަރަކަށް ނާޢިމު ޤާސިމްދުނިޔެ | 9 މަސް ކުރިންއިޒްރޭލުން ދިން ހަމަލާއެއްގައި ލުބްނާނުގައި ތިބި އދ.ގެ ސުލްހަ ބަލަހައްޓާ ދެ ސިފައިން ޒަހަމްވެއްޖެދުނިޔެ | 10 މަސް ކުރިން