logo
E-Platinum
ދުނިޔެ

ހިޒްބުﷲގެ އާ ލީޑަރަކަށް ނާޢިމު ޤާސިމް

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
30 އޮކްޓޯބަރު 2024 - 04:25
ނާއިމު ޤާސިމް
ނާއިމު ޤާސިމް

ހިޒްބުﷲގެ އާ ލީޑަރަކަށް އެ ޖަމާއަތުގެ ނާއިބު ލީޑަރު ނާއިމު ޤާސިމް ހަމަޖައްސައިފިއެވެ.

ހިޒްބުاللهގެ ފައުންޑިން މެމްބަރެއްގެ ގޮތުގައި ހުންނެވި އަދި 30 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ފާހަގަކޮށްލެވޭ ބޭފުޅެއް ކަމަށްވާ ގާސިމް އިންތިހާބު ކުރީ ޝޫރާ ކައުންސިލުންނެވެ.

ހިޒްބުاللهގެ ޑެޕިއުޓީ ޗީފްގެ މަގާމަށް އޭނާ އައްޔަންކުރެއްވީ 1991 ވަނަ އަހަރު އެ ޖަމާއަތުގެ އޭރުގެ ސެކްރެޓަރީ ޖެނެރަލް އައްބާސް އަލް މުސާވީއެވެ. ޖެހިގެން އައި އަހަރު އިސްރާއީލުން ދިން ހެލިކޮޕްޓަރު ހަމަލާއެއްގައި މުސާވީ ވަނީ ޝަހީދުކޮށްލާފައެވެ.

ނަސްރުالله ލީޑަރަކަށް ވަޑައިގެންނެވިއިރު ވެސް ނާޢިމު އޭނާގެ ދައުރުގައި ދެމިހުންނެވިއިރު، ގިނަ ދުވަސްތަކެއް ވަންދެން ހިޒްބުاللهގެ އެންމެ އިސް ތަރުޖަމާނެއްގެ ގޮތުގައި ހުންނެވިއެވެ. އޭނާ ވަނީ މިދިޔަ އަހަރު އިސްރާއީލާ އެކު ބޯޑަރު ހަމަނުޖެހުން ފެށިގެން ދިޔަ ދުވަސްވަރު ވެސް ބޭރުގެ މީޑިއާތަކަށް އިންޓަވިއު ދެއްވާފައެވެ.

ކެމިސްޓްރީއިން ބެޗްލާސް ޑިގްރީއެއް ހާސިލުކުރައްވާފައިވާ ނާޢިމު މިހާރު ދިރިއުޅުއްވަނީ ތެހެރާންގައެވެ.

ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ނަސްރުالله ޝަހީދުކޮށްލިއިރު، އޭގެ ހަފުތާއެއް ފަހުން އިސްރާއީލުން ދިން ހަމަލާތަކުގައި ހިޒްބުاللهގެ އިސް ފަރާތެއް ކަމަށްވާ ހާޝިމް ސަފިއްޔުދީން ވެސް ވަނީ ޝަހީދުކޮށްލާފައެވެ. ނަސްރުﷲ އަށް ފަހު ހިޒްބުﷲގެ ވެރިއަކަށް ހަމަޖައްސާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނީ ސަފިއްޔުއްދީނެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަސަދުގެ ސަރުކާރު ވެއްޓުމާ އެކު ޙިޒްބުاللهއަށް ހަތިޔާރު ހޯދަން ގޮންޖެހުންތަކެއްދުނިޔެ | 7 މަސް ކުރިންހިޒްބުﷲގެ އާ ލީޑަރަކަށް ނާޢިމު ޤާސިމްދުނިޔެ | 9 މަސް ކުރިންއިޒްރޭލުން ދިން ހަމަލާއެއްގައި ލުބްނާނުގައި ތިބި އދ.ގެ ސުލްހަ ބަލަހައްޓާ ދެ ސިފައިން ޒަހަމްވެއްޖެދުނިޔެ | 10 މަސް ކުރިން