logo
Bank of Maldives

Bank of Maldives

ޚަބަރު

ދެވަނަ ބުރަށް 6,172 ވޯޓު ކަރުދާސް ޕްރިންޓް ކޮށްފި

މަރިޔަމް މާޙީ
16 އޭޕްރީލު 2026 - 07:58
ދެވަނަ ބުރަށް 6,172 ވޯޓު ކަރުދާސް ޕްރިންޓް ކޮށްފި

ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައެއް ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ދެވަނަ ބުރަށް ބޭނުންވާ 6,172 ވޯޓު ކަރުދާސް ޗާޕުކޮށް ނިންމާލާފައިވާ ކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ދެވަނަ ބުރުގެ ވޯޓު ކަރުދާސްތައް ވެސް ޗާޕުކޮށްފައިވަނީ ފުރަތަމަ ބުރުގެ ވޯޓުކަރުދާސްތައް ޗާޕުކުރި ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑުން ކަމަށެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްލަ 888,845 ވޯޓު ކަރުދާސް ޗާޕުކޮށްފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި 2 ރަށެއްގެ ކައުންސިލް ގޮނޑިއަށާއި، 3 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރާނެއެވެ.

އެގޮތުން ވޯޓުލުން ކުރިއަށްދާނީ:

  • ހއ. ކެލާ: އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް.
  • ހދ. ނޭކުރެންދޫ: އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް.
  • ލ. މާވަށު: އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް.
  • ބ. ދޮންފަނު: ކައުންސިލްގެ އަންހެނުންނަށް ޚާއްޞަ ގޮނޑިއަށް މެންބަރަކު ހޮވުމަށް.
  • ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާ: ކައުންސިލްގެ އަންހެނުންނަށް ޚާއްޞަ ގޮނޑިއަށް މެންބަރަކު ހޮވުމަށް.

މި އިންތިޚާބުތަކުގައި ޖުމްލަ 10 ކެނޑިޑޭޓުން ވާދަކުރާއިރު، އިލެކްޝަންސް ކޮމިޝަނުން، ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރަށް 1,784 ވޯޓު ކަރުދާސް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް 4,388 ވޯޓު ކަރުދާސް ވަނީ ޗާޕުކޮށްފަ އެވެ.

މި އިންތިޚާބަށްޓަކައި ޖުމްލަ 14 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އެގޮތުން ކެލާ، މާވަށް އަދި ފުވައްމުލައް ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި 2 ފޮށި، އަދި ނޭކުރެންދޫ އާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި 1 ފޮށި ބަހައްޓާނެއެވެ.

މީގެ އިތުރުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވޯޓުލުމަށްޓަކައި މާލޭގައި ޖުމްލަ 6 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ކެލާ އަދި ދޮންފަނުގެ ރައްޔިތުންނަށް ތާޖުދިއްދީން ސްކޫލުގައި، ނޭކުރެންދޫ އާއި މާވަށުގެ ރައްޔިތުންނަށް ހިރިޔާ ސްކޫލުގައި، އަދި ފުވައްމުލައް ދަޑިމަގު އަވަށުގެ ރައްޔިތުންނަށް ދަރުމަވަންތަ ސްކޫލުގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކައުންސިލް އަދި ޑަބްލިޔުޑީސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފިޚަބަރު | 5 ގަޑިއިރު ކުރިންކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މާދާމާ!ޚަބަރު | 20 ގަޑިއިރު ކުރިންރާއްޖޭގެ ބޮޑު ދެ ސިޔާސީ ފިކުރުގެ މެދުގައި އޮތް ވަރުގަދަ ވާދަވެރިކަން: ކުރީގައި އޮތީ ޕީއެންސީ!ރިޕޯޓް | ދުވަހެއް ކުރިންދެވަނަ ބުރަށް 6,172 ވޯޓު ކަރުދާސް ޕްރިންޓް ކޮށްފިޚަބަރު | 2 ދުވަސް ކުރިން