އިސްރާއީލުގެ އެކި ސަރަހައްދުތަކަށް ރެކޯޑް މިންވަރަކަށް އަރައިގަތް މާމުތް ކުޅަނދުތަކާއި މައުރޫފް ރައްމާލްގެ މަރު
18 އޭޕްރީލު 2026 - 10:21

Ad by Hajj Corporation
އިސްރާއީލަށް ރެކޯޑް މިންވަރަކަށް މާމުއިކަނި އަރައިގަތުން: މަރުވި ލުބުނާނުގެ މާމުއިކަނި އާލާކުރާ މީހާއާ ގުޅުމެއް?
އިސްރާއީލުގެ ދެކުނުގެ ސަރަހައްދުތަކަށް ރެކޯޑް މިންވަރަކަށް މާމުއި ކުޅަނދުރުތައް އަރައިގަނެ، އެ ގައުމުގެ އާންމު ދިރިއުޅުމަށާއި އަސްކަރީ ހަރަކާތްތަކަށް ބޮޑެތި ބުރޫތަކެއް އެރި ހާދިސާ އަކީ ދުނިޔެއަށް ހައިރާންކަން ލިބުނު ހާދިސާ އެކެވެ.
މި ހައިރާންކުރުވަނި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ފެތުރިފައިވާއިރު، މިއީ އިސްރާއީލުގެ ނުބައި ނުލަފާކަމުން ކުރިމަތިވި މުސީބާތެއްގެ ގޮތުގައި އެއްބަޔަކު ސިފަކުރެއެވެ. އަދި އިސްރާއީލުގެ ލާއިންސާނީ ޢަމަލުތަކަށް ފޮނުއްވި އިންޒާރެއްކަމަށް ވެސް އަނެއް ބަޔަކު ސިފަކުރެއެވެ. އެ މާމުއި ކުޅަނދުރުތައް އިސްރާއީލަށް އަރައިގަތްގަތުމާއި މި ދެ ވާހަކައާއި ވެސް ގުޅެއެވެ. ދެން އޮތީ އިތުރު ވާހަކައެކެވެ.
މި ހާދިސާ އާއި ގުޅިގެން ދައުރުވަމުންދާ އެންމެ ފާހަގަކޮށްލެވޭ އަނެއް ވާހަކައަކީ، މިއީ އިސްރާއީލުން ދެކުނު ލުބުނާނުގައި ހިންގަމުންދާ ގަތުލުއާންމުގައި މަރާލި މާމުއި ކުޅަނދުރު ގެންގުޅޭ މަޝްހޫރު މީހެއް ކަމަށްވާ މައުރޫފް ރައްމާލްގެ މަރަށް އެ ސޫފިތައް ހިފާ ބަދަލެއް ކަމަށް ބުނާ ވާހަކައެވެ.
ނެޓިވޮޓަށް މާމުއި ކުޅަނދުރުތައް އަރައިގަތުން
މިދިޔަ އޭޕްރީލް މަހުގެ 15 އާއި 16 އާ ދެމެދު، އެތައް ލައްކަ މާމުއި ކުޅަނދުރުތަކެއް ވަނީ އިސްރާއީލުގެ ދެކުނު ސިޓީއެއް ކަމަށްވާ ނެޓިވޮޓަށް އަރައިގަނެފައެވެ. މިއީ އެ ސަރަހައްދުގެ ތާރީޚުގައިވެސް މިހާ ގިނަ އަދަދަކަށް މާމުއިކަނި ފެނުނު ފުރަތަމަ ފަހަރެވެ. މި ސޫފިތައް ވިޔަފާރި ސަރަހައްދުތަކާއި، އާންމުން ދިރިއުޅޭ ގޭގޭގެ ބެލްކަނިތަކުގައި ފެތުރިގަތުމާ ގުޅިގެން، ކަމާބެހޭ ފަރާތްތަކުން ވަނީ ރައްޔިތުން ގޭގައި ތިބުމަށާއި ކުޑަދޮރުތައް ލައްޕައިގެން ތިބުމަށް ކުއްލި އިންޒާރު ނެރެފައެވެ.
މީގެ އިތުރުން، މި ހާދިސާގެ ސަބަބުން އިސްރާއީލުގެ އަސްކަރިއްޔާއަށްވެސް ވަނީ ހުރަސްތަކާ ކުރިމަތިވެފައެވެ. ބައެއް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މާމުއިކަނިތައް އަސްކަރީ މަތިންދާބޯޓެއްގެ ފިޔަގަނޑުމަތީގައި އަޅައި، އޭގެ އިންޖީނުގެ ތެރެއަށް ވަނުމުގެ ސަބަބުން އެ ބޯޓުގެ އުދުހުންތައް ވަގުތީ ގޮތުން ހުއްޓާލަން ޖެހުނެވެ.
މައުރޫފް ރައްމާލްގެ މަރު
މި ހާދިސާގެ ފަހަތުގައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ސަބަބަކީ، ދެކުނު ލުބުނާނުގައި އިސްރާއީލުން ހިންގާ "އޮޕަރޭޝަން އިޓާނަލް ޑާކްނެސް" ގައި މަރުވި އާންމު މަސައްކަތްތެރިއެއް ކަމަށްވާ މައުރޫފް ރައްމާލްގެ މަރެވެ. އޭޕްރީލް 8 ވަނަ ދުވަހު ދިން ހަމަލާތަކުގައި މަރުވި މައުރޫފަކީ މާމުއި ކުޅަނދުރު އާލާކުރުމުގެ މަސައްކަތުގައި މަޝްހޫރު މީހެކެވެ.
ލުބުނާނުގެ ހޫލާ އަދި އަދުޝިތު އަލް-ގުސައިރު ފަދަ ބޯޑަރު ކައިރީ އަވަށްތަކުގައި މާމުއި ކުޅަނދުރު ކޮށިތައް ބަލަހައްޓަން ތިއްބާ އެތައް ބަޔަކު މަރުވެފައިވާއިރު، މިއީ ތިމާވެށީގެ އަދި އިންސާނީ ބޮޑު ކާރިސާއެއް ކަމަށް އެ ސަރަހައްދުގެ ދަނޑުވެރިންގެ ޔޫނިއަންތަކުން ސިފަކުރެއެވެ.
ބަދަލުހިފުމެއްތަ ނުވަތަ ގުދުރަތީ ކަމެއްތަ؟
ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ފެތުރިފައިވާ ވާހަކައަކީ، މި މާމުއިކަނިތައް އިސްރާއީލަށް އަރައިގަތީ އެތަކެތި ބަލަހައްޓައިދިން މީހާގެ މަރަށް ބަދަލުހިފުމަށް ކަމަށް ބުނާ ވާހަކައެވެ. މިއީ ސައިންޓިފިކް ގޮތުން ބަހުސް ކުރެވޭ ކަމެއް ނަމަވެސް، މި ހަނގުރާމައަށް ފާރަވެރިވާ ފަރާތްތަކުގެ މެދުގައި މިއީ ވަރަށް ނުފޫޒުގަދަ ރަމްޒީ ވާހަކައަކަށް ވަނީ ވެފައެވެ.
ސައިންސްވެރިން ބުނާ ގޮތުގައި އޭޕްރީލް މަހަކީ މާމުއިކުޅަނދުރުތައް އާންމުކޮށް އައިން ހަދައިގެން ދަތުރުކުރާ މޫސުމެވެ. އަދި ހަނގުރާމައިގެ ސަބަބުން ދޭ ބާރުގަދަ ހަމަލާތަކާއި ގޮވުންތަކުގެ ސަބަބުން ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން، މާމުއި ކުޅަނދުރުތައް އާ މަންޒިލްތައް ހޯދުމަށް ދަތުރުކުރުމަކީ އެކަށީގެންވާ ކަމެކެވެ.
މިއީ ބަޔޮލޮޖީގެ ކަމެއް ކަމަށް ބެލިޔަސް ނުވަތަ ގުދުރަތީ ރަމްޒީ އަމަލެއް ކަމަށް ބެލިޔަސް، އިސްރާއީލަށް ކުރިމަތިވި މި "މާމުއިކަނި އުދުވާނަކީ" މިހާރުވެސް ނުތަނަވަސްވެފައިވާ މަސްރަހަށް އިތުރު ހައިރާންކަމެއް ގެނުވި ހާދިސާއެކެވެ.


