logo
Bank of Maldives

Bank of Maldives

ޚަބަރު

ކައުންސިލް އަދި ޑަބްލިޔުޑީސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކިޔޫތައް ބަންދުކޮށްފި

ޒިދާން މުޙައްމަދު
18 އޭޕްރީލު 2026 - 11:24
ކައުންސިލް އަދި ޑަބްލިޔުޑީސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކިޔޫތައް ބަންދުކޮށްފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރު ބުރުގައި ވޯޓުފޮޮށިތަކުގެ ކިޔޫތައް ބަންދުކޮށްފިއެވެ.

މި އިންތިޚާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 ޖެހިއިރުއެވެ. ބައެއް ފޮށިތަކުގެ ވޯޓުލުން ފެށުން ލަސްވި ނަމަވެސް އެއްވެސް ފޮއްޓެއްގެ ވޯޓުލާ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފައި ނުވެއެވެ.

އީސީން ބުނި ގޮތުގައި، ވޯޓުލާން ކިޔޫއަށް އެރުމަށް ކަނޑައެޅި ސުންގަޑި ހަވީރު 4:00 ޖެހުމާ ހަމައަށް ކިޔޫއަށް އަރާފައިވާ އެންމެންނަށް ވޯޓުލުމަށް ފުރުސަތު ދޭނެއެވެ. ކިޔޫތައް ބަންދުކުރުމަށްފަހު ކިޔޫތަކުގައި ތިބި މީހުން ވޯޓުލާ ނިމުމުން ވޯޓުފޮށިތައް ބަންދުކުރާނެއެވެ. މިވޯޓު ގުނަން ފަށާނީ ވޯޓު ފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުންނެވެ.

މިއަދު 5 ދާއިރާއެއްގެ އިތުރު ބުރުގެ ވޯޓުލުން ވަނީ ކުރިއަށްގެންގޮސްފައެވެ. މީގެ ތެރޭގައި ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުން ހިމެނެއެވެ.

މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި އިތުރު ބުރު ބާއްވާފައިވަނީ ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަޤާމާއި ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުގެ މަޤާމަށް މެންބަރުން އިންތިޚާބު ކުރުމަށެވެ.

‎އިންތިޚާބުގެ އިތުރު ބުރުގައި 14 ވޯޓު ފޮއްޓެއް ބަހައްޓާފައިވާއިރު، މާލޭގެ 3 ސަރަހައްދެއްގައި ވަނީ މީގެ ތެރެއިން 6 ވޯޓު ފޮށި ބަހައްޓާފައެވެ. މި ފޮށިތަކަށް ވޯޓުލުމަށް 6093 މީހަކު ރަޖިސްޓްރީވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުން ދައްކައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކައުންސިލް އަދި ޑަބްލިޔުޑީސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކިޔޫތައް ބަންދުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންކައުންސިލް އަދި ޑަބްލިޔުޑީސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފިޚަބަރު | 9 ގަޑިއިރު ކުރިންކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މާދާމާ!ޚަބަރު | ދުވަހެއް ކުރިންރާއްޖޭގެ ބޮޑު ދެ ސިޔާސީ ފިކުރުގެ މެދުގައި އޮތް ވަރުގަދަ ވާދަވެރިކަން: ކުރީގައި އޮތީ ޕީއެންސީ!ރިޕޯޓް | ދުވަހެއް ކުރިން