logo
Bank of Maldives

Bank of Maldives

ކުޅިވަރު

އިތުރު ވަގުތުގައި ވެން ޑައިކް ކާމިޔާބުކޮށްދިން ގޯލާއެކު ލިވަޕޫލަށް ޔޫރަޕުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ބޮޑުކޮށްފި

އަބްދުﷲ ޣާނިމް
20 އޭޕްރީލު 2026 - 03:00
 އިތުރު ވަގުތުގައި ވެން ޑައިކް ކާމިޔާބުކޮށްދިން ގޯލާއެކު ލިވަޕޫލަށް ޔޫރަޕުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ބޮޑުކޮށްފި

ހިލް ޑިކިންސަން ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ މާސީސައިޑް ޑާބީގައި، މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ވާޖިލް ވެން ޑައިކް ކާމިޔާބުކޮށްދިން ލަނޑާއެކު 2-1 އިން އެވަޓަން ބަލިކޮށް ލިވަޕޫލުން މުހިންމު މޮޅެއް ހޯދައިފިއެވެ. މި ނަތީޖާއާއެކު ލިވަޕޫލުން ވަނީ ތާވަލުގެ ގަދަ ފަހެއްގެ ބޭރުގައި އޮތް ޓީމުތަކަށްވުރެ ހަތް ޕޮއިންޓް ކުރިއަށް ޖެހިލާފައެވެ.

މި ފޯރިގަދަ މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފު ފެށިގެން އެންމެ 66 ސިކުންތުގެ ތެރޭގައެވެ. އެވަޓަންގެ ޑްވައިޓް މެކްނީލްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ކޯޑީ ގަކްޕޯ ދިން ބޯޅައަކުން މުހައްމަދު ސަލާހު ވަނީ ލިވަޕޫލަށް ކުރިހޯދައިދީފައެވެ. މިއީ ޕްރިމިއާ ލީގުގެ މާސީސައިޑް ޑާބީ ތާރީޚުގައި ސަލާހު ކާމިޔާބުކުރި 9 ވަނަ ލަނޑެވެ. މިއާއެކު އޭނާ ވަނީ ސްޓީވަަން ޖެރާޑް ހަދާފައިވާ ރެކޯޑާ އަރާ ހަމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެވަޓަންއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގެ ނުވަވަނަ މިނެޓުގައެވެ. ކިއެރަން ޑިއުސްބަރީ-ހޯލް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެވަޓަންއަށް ކާމިޔާބުކޮށްދިނީ ބެޓޯއެވެ. ނަމަވެސް މި ލަނޑަށްފަހު ލިވަޕޫލްގެ ކީޕަރު މަމަރްދާޝްވިލީއަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނުއިރު، އެވަޓަންގެ ބެޓޯ އަދި ބްރެންތުވެއިޓަށްވެސް އަނިޔާވެގެން ދަނޑުން ބާލަން ޖެހުނެވެ.

މެޗުގެ ތެރޭގައި ދިމާވި އަނިޔާގެ މައްސަލަތަކާ ގުޅިގެން އިތުރު ވަގުތުގެ ގޮތުގައި 11 މިނެޓު ދެއްކިއެވެ. މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް، 99 ވަނަ މިނެޓުގައި ޑޮމިނިކް ސޮބޮސްލާއީ ނެގި ކޯނަރަކުން ވެން ޑައިކް ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި ލިވަޕޫލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ 2006 ވަނަ އަހަރަށްފަހު ޕްރިމިއާ ލީގުގައި މެޗަކުން މޮޅުވި ލަނޑު އެންމެ ލަހުން ޖެހި ތިންވަނަ ފަހަރެވެ. މީގެ އިތުރުން ސަލާހު ވަނީ ޕްރިމިއާ ލީގުގެ ތާރީޚުގައި ރަށުން ބޭރުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ފަސްވަނައަށް ޖެހިލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލިވަޕޫލުގެ ހަތުރުވެރިންނަށް އުފާވެރި ޚަބަރެއް, އަންނަ ސީޒަނުގައި ކޯޗުކަމުގައިވެސް ހުންނާނީ ސްލޮޓްކުޅިވަރު | 4 ދުވަސް ކުރިންވާދަވެރި ލިވަޕޫލާއި އެއްވަރުކޮށް ޗެލްސީިއިން ބަލިވުމުގެ ރެކޯޑް ނިމުމަކަސް ގެނެސްފިކުޅިވަރު | 7 ދުވަސް ކުރިންވާދަވެރި ލިވަޕޫލް ބަލިކުރުމަށްފަހު މެންޗެސްޓަރ ޔުނައިޓެޑުން ޗެންޕިއަންސް ލީގުގެ ޖާގައެއް ހޯދައިފިކުޅިވަރު | 13 ދުވަސް ކުރިންލިވަޕޫލުން ކްރިސްޓަލް ޕެލަސް ބަލިކޮށް، ޖެހިޖެހިގެން ތިންވަނަ މޮޅު ހޯދައިފިކުޅިވަރު | 20 ދުވަސް ކުރިން