logoEN
ޚަބަރު

މިއަހަރު ނިމެންވާއިރަށް ދަރުމަވަންތަ ހޮސްޕިޓަލް ފުލް ކެޕޭސިޓީގައި ހިންގާނަން: މިނިސްޓަރ ނާޒިމް

ހެލްތް މިނިސްޓަރ ނާޒިމް

ހެލްތް މިނިސްޓަރ ނާޒިމް

އާމިނަތު ސަފާއާމިނަތު ސަފާ

12 އޮކްޓޯބަރު 2024 - 13:21

މިއަހަރު ނިމެންވާއިރަށް ދަރުމަވަންތަ ހޮސްޕިޓަލް ފުލް ކެޕޭސިޓީގައި ހިންގާނެ ގޮތް ހަދާނެކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ މެންދުރު ޓިވީގެ އެކްސްކުލޫސިވް ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް ފުލް ކެޕޭސިޓީގައި ހިންގާނެ ގޮތް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިއަހަރު ނިމެންވާއިރަށް ފުލް ކެޕޭސިޓީގައި ހިނގަންފަށާނެ. މީގެ ސަބަބުން ކިއޫތަކުގައި މަޑުކުރަންޖެހޭ ޖެހުމަށް ލުޔެއްލިބިގެންދާނެ".

މިނިސްޓަރު އިތުރަށް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުން ހިދުމަތްދެވެންފެށުމުން އުމުރުން ދުވަސްވީ މީހުންނަށް ފަސޭހައިން ޑަކްޓަރަށް ދެއްކޭނެ ނިޒާމެއް ގާއިމުކުރެވިގެންދާނެކަމަށެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ވެރިކަމުގައި 25 ފްލޯއަށް އިމާރާތްކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ކޮށްފައިވަނީ ސިންގަޕޫރު ޝެންހުއާ ކުންފުންޏާ ހަވާލުކޮށްގެންނެވެ. ދައުލަތުން 140 މިލިއަން ޑޮލަރު ނުވަތަ 2.1 ބިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ހޮސްޕިޓަލް 2019 ވަނަ އަހަރުގެ މާޗުމަހު ބޭނުންކުރިއަސް އަދިވެސް ތަކެތި ހަމަވެ ހިދުމަތްތައް ލިބޭގޮތެއް ނުވެއެވެ.

މޮޅު ޑޮކްޓަރުން ގެނެސް ދަރުމަވަންތަ ހޮސްޕިޓަލަކީ މި ސަރަހައްދުގައި ހުރި އެންމެ ވަރުގަދަ ހޮސްޕިޓަލަށް ހެދުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ.

ކޮމެންޓް

871x217_placeholder