logo
ޚަބަރު

ބޭސް ނުލިބުމުގެ ކަންބޮޑުވުންތައް ހައްލުކޮށްދޭނަން - މިނިސްޓަރ

އަޙްމަދު ޒަލީފް
10 އޭޕްރީލު 2025 - 15:08
ބޭސް ނުލިބުމުގެ ކަންބޮޑުވުންތައް ހައްލުކޮށްދޭނަން - މިނިސްޓަރ

ބޭސް ނުލިބުމުގެ ކަންބޮޑުވުންތަކަށް ބޮޑު ލުޔެއް ހޯދައިދެއްވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ އެ މިނިސްޓްރީގެ އެޑްމިނިސްޓްރޭޝަންގެ މަސައްކަތުން ބޭސް ނުލިބުމުގެ ކަންބޮޑުވުމަށް ބޮޑު ލުޔެއް ހޯދައިދޭނެ ކަމަށެވެ. އެގޮތުން ބޭސްތައް ނުލިބުމުގެ މައްސަލަ ހައްލު ކުރުމަށް މިހާތަނަށް އެޅި ފިޔަވަޅުތަކަށް ވެސް އޭނާ ވަނީ އަލިއަޅުއްވާލައްވާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އެސްޓީއޯގެ ބޭސް ސަޕްލައި އިތުރުކުރުމަށްޓަކައި އެސްޓީއޯގެ ނިޒާމް ވަރުގަދަ ކުރުން ހިމެނޭ. ހަމައެކާއެކު ބޭހުގެ ކަންކަން ބެލެހެއްޓުމުގައި ގަވަނެންސް ހަރުދަނާ ކުރުން ވެސް ހިމެނޭ." މިނިސްޓަރު ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު ނާޒިމް މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެއެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ބައެއް ބޭސްތަކުގެ ސަޕްލައި ދަށްވުމުގެ ސަބަބުން ބޭސްތައް ނުލިބުމުގެ ކަންބޮޑުވުން އުޅޭކަން އެނގިފައިވާ ކަމަށެވެ. 

އެހެންވެ އެކަންކަން ހައްލުކުރަން ސަރުކާރުގެ ގިނަ މުވައްސަސާތަކަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް މިނިސްތަރު ވިދާޅުވިއެވެ.

މިނިސްޓަރު ނާޒިމް މިހެން ވިދާޅުވެފައިވާއިރު ބައެއް ބޭސްތަކުގެ ސަޕްލައި ދަށްވެ ބޭސް ނުލިބުމަކީ އަބަދުވެސް އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއަށް ބޭސް އެތެރެކުރުމަށް ޙާއްޞަ ކުންފުންޏެއް އުފައްދަނީ ޚަބަރު | 2 މަސް ކުރިންބޭސް ނުލިބުމުގެ ކަންބޮޑުވުންތައް ހައްލުކޮށްދޭނަން - މިނިސްޓަރޚަބަރު | 5 މަސް ކުރިންމިއަހަރު ނިމެންވާއިރަށް ދަރުމަވަންތަ ހޮސްޕިޓަލް ފުލް ކެޕޭސިޓީގައި ހިންގާނަން: މިނިސްޓަރ ނާޒިމްޚަބަރު | އަހަރެއް ކުރިން