logo
Bank of Maldives

Bank of Maldives

ޚަބަރު

އެލްޖީއޭގެ ރައީސަކަށް ފިނޭންސް މިނިސްޓަރު ޒަމީރު އައްޔަންކުރައްވައިފި

މަރިޔަމް މާޙީ
23 އޭޕްރީލު 2026 - 15:36
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު

އެލްޖީއޭގެ ރައީސްގެ މަޤާމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އައްޔަންކުރައްވައިފި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސްގެ މަޤާމަށް، މިނިސްޓަރ އޮފް ފައިނޭންސް މޫސާ ޒަމީރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަންކުރައްވައިފިއެވެ.

މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާބެހޭ ވަޒީރު މޫސާ ޒަމީރު މި މަޤާމަށް އައްޔަންކުރައްވާފައިވަނީ، 21 އެޕްރިލް 2026ގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަގާޟު ހުސްވެފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ އާދަމް ޝަރީފް އުމަރު ވަޒީރުކަމުގެ މަޤާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

އަދި ސަރުކާރުގެ ވުޒާރާތަކަށް ގެނައި ބަދަލުތަކާއެކު، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ މިހާރު ވަނީ އުވާލާފަ އެވެ. އެ ވުޒާރާ އުވާލި ނަމަވެސް، ލާމަރުކަޒީ ނިޒާމު ހިންގުމުގައާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މަސައްކަތްތަކަށް ޤާނޫނީ އެއްވެސް ހުސްކަމެއް ނާންނާނެ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން މީގެކުރިން ވަނީ ބުނެފައެވެ.

"އަތޮޅު ކައުންސިލުތަކުން އަދާކުރަމުންދިޔަ ގާނޫނީ މަސްއޫލިއްޔަތު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ބަދަލުވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވުމާއި، އަތޮޅު ކައުންސިލުތަކުގެ ބަދަލުގައި އިދާރީ ދާއިރާތަކުގައި މި އޮތޯރިޓީގެ އޮފީސްތަކެއް ގާއިމްކުރުމުގެ އިހްތިޔާރު އޮތުމުން، މިނިސްޓްރީ އުވާލުމަކީ ގާނޫނީ ހުރަހެއް އޮތް ކަމެއް ކަމަށް ނުދެކެން،" އޭރު އެލްޖީއޭ އިން ބުނެފައިވެއެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެލްޖީއޭގެ ރައީސްގެ މަޤާމަށް އައްޔަންކުރެއްވުމާއެކު، ކައުންސިލްތަކުގެ ބެލެނިވެރި މުއައްސަސާގެ އެންމެ އިސްވެރިއެއްގެ ގޮތުން މަޖިލީހަށް ޖަވާބުދާރީވާނީ އެމަނިކުފާނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެލްޖީއޭގެ ރައީސަކަށް ފިނޭންސް މިނިސްޓަރު ޒަމީރު އައްޔަންކުރައްވައިފިޚަބަރު | 2 ގަޑިއިރު ކުރިންސަރުކާރަށްވުރެ ކައުންސިލްތައް ބާރުގަދަ، ޔޫތު އެސޯސިއޭޓްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ހުރަސްއަޅަނީޚަބަރު | 7 މަސް ކުރިންދޮންފަނު ކައުންސިލުން ނިންމީ ޤާނޫނާ ޚިލާފު ނިންމުމެއް: އެލްޖީއޭޚަބަރު | 7 މަސް ކުރިންއެލްޖީއޭގެ އެންގުން ބޮލާލައި ޖެހުމަށް ފަހު ފީއަލީ ވޮލީ ކޯޓު ހުޅުވައިފިޚަބަރު | 7 މަސް ކުރިން