logo
Bank of Maldives

Bank of Maldives

ޚަބަރު

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އާސިމް އަލް ހަކީމް ރާއްޖެ ވަޑައިގަންނަވަނީ

މަރިޔަމް މާޙީ
24 އޭޕްރީލު 2026 - 12:33
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އާސިމް އަލް ހަކީމް ރާއްޖެ ވަޑައިގަންނަވަނީ

ދުނިޔޭގެ އެތައް ބައެއްގެ އިހުތިރާމާއި ލޯބި ހޯއްދަވާފައިވާ، ސައުދީ އަރަބިއްޔާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އާސިމް އަލް ހަކީމް މި މަހުގެ ފަހުކޮޅު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ޝެއިޚް އާސިމް ރާއްޖެ ވަޑައިގަންނަވަނީ "ދި ޓްރެވެލާ ގުރޫޕް" ގެ ހާއްސަ ދައުވަތަކަށެވެ. އެ ގްރޫޕުން ހާމަކޮށްފައިވާ ގޮތުގައި ޝެއިޚް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދަތުރުފުޅުގެ ތެރެއިން މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އަންނަ މެއި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދީނީ ދަރުސްތައް ދެއްވުމަށް ވަނީ ރޭވިފަ އެވެ. އެގޮތުން ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީގެ އިތުރުން ވެރިރަށް މާލޭގައި ދަރުސް ދިނުމުގެ ހަރަކާތްތައް ކުރިއަށްދާނެ އެވެ.

މި ދަރުސްތަކުގެ އެންމެ ހާއްސަ އެއް ކަމަކީ، ދަރުސްތަކަށްފަހު އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލެވިފައި އޮތުމެވެ.

ޝެއިޚް އާސިމް އަލް ހަކީމަކީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް އިނގިރޭސި ބަހުން ދީނީ އިލްމު ފެތުރުއްވުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އިލްމުވެރިއެކެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގައި ޝައިހްގެ ދަރުސްތަކަށް ބޮޑު ތަރުހީބެއް ލިބެމުންދެ އެވެ.

ދިވެހިރާއްޖޭގެ ގިނަ ބަޔަކު ޝެއިޚްގެ ދަރުސްތައް އޮންލައިންކޮށް ބަލަމުންދާއިރު، މި ދަތުރުފުޅަކީ ޝެއިޚްއާ ސީދާ ބައްދަލުކޮށް ދީނީ މައުލޫމާތު އޮޅުންފިލުވުމަށް ދިވެހިންނަށް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އާސިމް އަލް ހަކީމް ރާއްޖެ ވަޑައިގަންނަވަނީޚަބަރު | 3 ގަޑިއިރު ކުރިންއަޒީބެއަށް ސްޓްރޯކެއް ޖެހި ފަރުވާ ދެނީޚަބަރު | 3 މަސް ކުރިންސްޓެލްކޯގެ މުވައްޒަފުންނަށް ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި ޚަބަރު | 9 މަސް ކުރިން