logo
Bank of Maldives

Bank of Maldives

ދުނިޔެ

އެކްޓްރެސް އެމްބާ ހާޑްގެ ދަރިންގެ ބައްޕައަކީ މަސްކް ކަމަށް ބުނާ އަޑުތައް އަނެއްކާވެސް ގަދަވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
25 އޭޕްރީލު 2026 - 19:19
އެކްޓްރެސް އެމްބާ ހާޑްގެ ދަރިންގެ ބައްޕައަކީ މަސްކް ކަމަށް ބުނާ އަޑުތައް އަނެއްކާވެސް ގަދަވެއްޖެ

ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު އީލޮން މަސްކާއި އެކްޓްރެސް އެމްބާ ހާޑްގެ ދަރިންނާ ގުޅުވައިގެން ދެކެވެމުންދާ ޒަމާންވީ ވާހަކަތަކެއް އަނެއްކާވެސް ސޯޝަލް މީޑިއާގައި ހޫނުވެއްޖެއެވެ.

މިކަން އަނެއްކާވެސް ފެންމަތިވެފައިވަނީ މަސްކްގެ އަމިއްލަ އޭއައި ޗެޓްބޮޓް، 'ގްރޮކް' އާ ގިނަ ބަޔަކު މި ސުވާލު ކުރަން ފެށުމާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޑެއިލީ މެއިލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގްރޮކް އާ މި ސުވާލު ކުރުމުން އެ ބޮޓުން ބުނެފައިވަނީ މިކަމާ ގުޅޭ ގޮތުން ތަފާތު އަޑުތައް ފެތުރިފައިވާ ކަމަށެވެ. އެގޮތުން 2016 އާއި 2018 އާ ދެމެދު މަސްކް އާއި އެމްބާ ބޭއްވި ގުޅުމާއި، އެމްބްރިއޯއަކާ ގުޅޭ ގޮތުން އުފެދުނު ދެބަސްވުމަކާ މިކަން ގުޅުވައިގެން ވާހަކަ ދެކެވޭ ކަމަށް އެ ބޮޓުން ފާހަގަކުރެއެވެ.

Screenshot 2026-04-26 001858.png

މަސްކާއި އެކްޓްރެސް އެމްބާ ހާޑް އަދި ދަރިން

 

"މިކަމާ ގުޅޭގޮތުން އީލޮން މަސްކް ނުވަތަ އެމްބާ ހާޑްގެ ފަރާތުންވެސް ރަސްމީ އެއްވެސް ކަށަވަރުކަމެއް ދީފައެއް ނުވޭ. މިއީ ހަމައެކަނި އާންމުންގެ ތެރޭގައި ދެކެވޭ ވާހަކަތަކެއް،" ގްރޮކް އިން ބުނެފައިވެއެވެ.

އެމްބާ ހާޑް ހޮލީވުޑާ ދުރަށް ޖެހިލައި، ސްޕެއިންއަށް ދިރިއުޅުން ބަދަލުކުރުމާ ގުޅިގެން އޭނާގެ އަމިއްލަ ދިރިއުޅުމަށް އޮތް ޝައުގުވެރިކަން ވަނީ އިތުރުވެފައެވެ. އެމްބާގެ ދަރިންގެ ބައްޕައަކީ ކާކުކަން އޭނާ މިހާތަނަށް ހާމަކޮށްފައި ނުވުމަކީ މި ފަދަ ތިއަރީތައް ސޯޝަލް މީޑިއާގައި ފެތުރުމަށް މެދުވެރިވާ މައިގަނޑު ސަބަބެވެ.

މި މައްސަލައިގައި މިހާތަނަށް މަސްކްގެ ފަރާތުން އެއްވެސް ރަސްމީ ބަހެއް ލިބިފައި ނުވާއިރު، އިންޓަނެޓްގައި މި ވާހަކަ ދެކެވޭ މިންވަރު ދަނީ އިތުރުވަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެކްޓްރެސް އެމްބާ ހާޑްގެ ދަރިންގެ ބައްޕައަކީ މަސްކް ކަމަށް ބުނާ އަޑުތައް އަނެއްކާވެސް ގަދަވެއްޖެދުނިޔެ | 2 ދުވަސް ކުރިންޓްރަމްޕް މަގާމުން ވަކިކުރި ފަހުން "އައި.ސީ.އީ ބާބީ" އިތުރު ފަޟީހަތެއްގެ ތެރެއަށްޚަބަރު | 3 ދުވަސް ކުރިންއިރާގުން މި ލިބުނީ ހަމައެކަނި ފޮޓޯއެއް ނޫން، މިއީ އިޖުތިމާޢީ ފުން މާނައެއް އެކުލެވޭ ބާރުގަދަ މެސެޖެއްދުނިޔެ | 6 ދުވަސް ކުރިން 14 އަހަރުގެ އަންހެން ކުއްޖަކު މަރާލި ކަމުގެ ތުހުމަތުގައި ލަވަކިޔުންތެރިޔާ ޑީފޯވީޑީ ގެ މައްޗަށް ދައުވާ އުފުލައިފިދުނިޔެ | 6 ދުވަސް ކުރިން