logo
Bank of Maldives

Bank of Maldives

ޚަބަރު

އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުން މެއި 17 ގައި!

ޒިދާން މުޙައްމަދު
28 އޭޕްރީލު 2026 - 12:50
އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުން މެއި 17 ގައި!

ލޯކަލް ކައުންސިލްތަކުގެ 5 ވަނަ ދައުރަށް އިންތިޚާބު ކުރެވުނު ކައުންސިލަރުން މަޤާމުގެ ހުވާކުރެއްވުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤުރާރުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު 2026 މެއި 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ - އެލްޖީއޭއިން ބުނެފިއެވެ.

އެލްޖީއޭއިން ބުނި ގޮތުގައި، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެއް ވަގުތެއްގައި މި ރަސްމިއްޔާތު ކުރިއަށް ދާނެއެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2010) ގެ ދަށުން ފުރަތަމަ އިންތިޚާބު ކުރެވުނު ކައުންސިލަރުން ހުވާކުރެއްވުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤުރާރުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދެވިފައިވަނީ 2011 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެއަށްފަހު ކޮންމެ ދައުރެއް ފެށޭ ހިނދު މިފަދަ ރަސްމިއްޔާތެއް ބޭއްވުމަކީ ޤާނޫނީ ގޮތުން ލާޒިމު ކަމެކެވެ. އަލަށް އިންތިޚާބުވި ހުރިހާ މެންބަރުން ހުވާކުރައްވައި އިޤުރާރުގައި ސޮއިކުރައްވައި ނިމުމާއެކު، ލަސްނުކޮށް ކައުންސިލްތަކުގެ ފުރަތަމަ ރަސްމީ ބައްދަލުވުން ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި ބައްދަލުވުމުގައި ކައުންސިލްތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ. މިއީ އައު ދައުރުގެ މަސައްކަތްތައް ރަސްމީކޮށް ފެށުމަށްޓަކައި ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތެވެ.

ހަމައެފަދައިން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންވެސް އިޤުރާރުގައި ސޮއިކުރެއްވުމަށްފަހު، އެ ކޮމިޓީތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަކީ، އެ ކޮމިޓީ ހިންގުމުގެ އެންމެ އިސް ފަރާތުގެ ގޮތުގައި ފުލްޓައިމް މަޤާމެއް ކަމެވެ.

މި ބަދަލާއެކު ކޮމިޓީތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ރަށު ފެންވަރުގައި އަންހެނުންގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާވެގެން ދާނެ ކަމަށް ބެލެވެއެވެ.

މި ރަސްމިއްޔާތަށްފަހު މަސައްކަތް ފަށާ އައު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރުގެ މުއްދަތަކީ 5 (ފަހެއް) އަހަރު ދުވަހެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރެވޭ މި މަސައްކަތަކީ، ދިވެހިރާއްޖޭގެ ލޯކަލް ގަވަރމަންޓް ހިންގުމުގެ ނިޒާމުގެ މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމުގައި ބެލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުން މެއި 17 ގައި!ޚަބަރު | ގަޑިއިރެއް ކުރިންއެލްޖީއޭގެ ރައީސަކަށް ފިނޭންސް މިނިސްޓަރު ޒަމީރު އައްޔަންކުރައްވައިފިޚަބަރު | 5 ދުވަސް ކުރިންސަރުކާރަށްވުރެ ކައުންސިލްތައް ބާރުގަދަ، ޔޫތު އެސޯސިއޭޓްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ހުރަސްއަޅަނީޚަބަރު | 7 މަސް ކުރިންދޮންފަނު ކައުންސިލުން ނިންމީ ޤާނޫނާ ޚިލާފު ނިންމުމެއް: އެލްޖީއޭޚަބަރު | 8 މަސް ކުރިން