logo
Bank of Maldives

Bank of Maldives

ޚަބަރު

ޤައުމު ހަމައަކަށް އެޅުވޭނީ ހަމައިން ނެއްޓޭ މީހުން މައިތިރިކޮށްގެން: މެމްބަރު ހުސެއިން ހަމީދު

އައިޝަތު ނަޝާ
29 އޭޕްރީލު 2026 - 05:52
ޤައުމު ހަމައަކަށް އެޅުވޭނީ ހަމައިން ނެއްޓޭ މީހުން މައިތިރިކޮށްގެން: މެމްބަރު ހުސެއިން ހަމީދު

ދައުލަތެއްގެ ސިފައިގައި ދިވެހިރާއްޖެ ހިންގޭނީ ހަމައިން ނެއްޓޭމީހުން މައިތިރިކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސެއިން ހަމީދު ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމްގައި މެމްބަރު ހުސެއިން ހަމީދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒާއި ބެހޭގޮތުން ފަތުރާފައިވާ ދޮގު ވާހަކަތަކާ ބެހޭގޮތުން ވާހަކަދައްކާފައެވެ. އެގޮތުން މިހާރު މިއޮތް ހާލަތުގައި އަބުރު ރައްކާތެރި ކުރުމުގެ ބިލެއް މަޖިލީހަށް ހުށައަޅައިގެން ފާސްކުރަން ޖެހޭ ކަމަށް ޤަބޫލުކުރެވޭ ކަމަށްވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެމްބަރު ވިދާޅުވީ އިދިކޮޅު އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާނީ ދައުލަތުގެ އެކިއެކި މުއައްސަސާތަކާ ދައުލަތުގެ އިސް ވެރިންގެ އަގު ވައްޓާލުމަށް ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބާ ދިމާކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލާ އާ ބެހޭގޮތުން ދޮގު ވާހަކަ ހިމެނޭ ވީޑިއޯ އާއި އަދި ކައުންސިލް އިންތިހާބާ ދިމާކޮށް އެމަނިކުފާނާ ބެހޭ ގޮތުން ހަޑި ހުތުރު ދޮގު ވާހަކަ ފެތުރީ ވެސް ހަމަ އެމްޑީޕީ އިން ފަންޑުކޮށްގެން ގެންގުޅޭ ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމީހުން ކޮށްފާނެ ކޮންމެފަދަ ކަމެއްވެސް.ދިވެހިރާއްޖޭގެ މިނިވަން ނޫސްވެރިކަމަކީ އެއްގޮތަކަށް ވެސް އަޅުގަނޑުމެން އިންކާރުކުރާ ކަމެއްނޫން.އެއީ އަޅުގަނޑުމެން ވަރަށް ސަޕޯޓްކުރާ ކަމެއް.އެހެންނަމަވެސް އެ މިނިވަން ކަމުގެ ހައްދަކީ އަނެއްމީހާގެ ހައްޤަށް އަރައިގަތުން ކަމަށް ވަނީނަމަ އަޅުގަނޑުމެނަނަކަށް އެ މިނިވަން ކަމެއް ނުދެވޭނެ.އަޅުގަނޑުމެންގެ މި މުޖްތަމައުގަ މިހާރު މިއޮތީ ހައްދުން ނެއްޓިފަ އޮތް މިނިވަން ނޫސްވެރިކަމެއް.އެހެންވީމަ އަޅުގަނޑު ޤަބޫލުކުރަނީ ނޫސްވެރިންނަށް ވެސް މިހާރު އިންތަކެއް ކަނޑައަޅަންޖެހޭކަަމަށް" މެމްބަރު ހުސެއިން ހަމީދު

މެމްބަރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދައްކާފައިވަނީ ރައިސުލްޖުމްހޫރިއްޔާ އާ އަޅުވާ ދެއްކޭނެ އެންމެ ހަޑި ހުތުރު ވާހަކަ ކަމަށެވެ. އެހެންކަމުން އެފަދަ ވާހަކައެއް ފެތުރި ހުރިހާ ފަރާތްތަކަށް ޤާނޫނު އަސާސީގައި ކަނޑައެޅިފައިވާ ހައްޤު އަދަބު ލިބެންޖެހޭނެކަމަށް މެމްބަރު ވިދާޅުވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤައުމު ހަމައަކަށް އެޅުވޭނީ ހަމައިން ނެއްޓޭ މީހުން މައިތިރިކޮށްގެން: މެމްބަރު ހުސެއިން ހަމީދުޚަބަރު | 3 ގަޑިއިރު ކުރިންއެމްޑީޕީ ސަރުކާރުގެ ސިޔާސީ މުޒައްފުންގެ އަދަދު ވެސް އެ ޕާޓީގެ މުޒާހަރާއިން ދައްކާނުލެވުނު: ޙުސެއިން ޙަމީދުޚަބަރު | 6 މަސް ކުރިންސަރުކާރުގެ އަމާޒަކީ 2027ގެ ނިޔަލަށް ފެނާއި ނަރުދަމާގެ ހުރިހާ މަސައްކަތެއް ނިންމުން: މެންބަރު ހުސެއިންޚަބަރު | 9 މަސް ކުރިން