logo
Bank of Maldives

Bank of Maldives

ޚަބަރު

ސަރުކާރުގެ އަމާޒަކީ 2027ގެ ނިޔަލަށް ފެނާއި ނަރުދަމާގެ ހުރިހާ މަސައްކަތެއް ނިންމުން: މެންބަރު ހުސެއިން

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
6 އޯގަސްޓު 2025 - 06:15
ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފެނާއި ނަރުދަމާގެ ޤާނުނަށް އިސްލާހު ގެނައުމަށް ސަރުކާރުން ނިންމީ، 2027 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމުމުގެ އަމާޒު ޙާސިލްކުރަން ގެންނަ އިސްލާޙެއް ކަމަށް، ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދު ވިދާޅުވެއްޖެއެވެ.

"މެންދުރު ޓީވީ"ގެ މައުޟޫ ޕްރޮގްރާމުގައި ފެނާއި ނަރުދަމާގެ ޤާނުނަށް ގެނައުމަށް ނިންމާފައިވާ އިސްލާޙާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މެންބަރު ޙުސައިން ވިދާޅުވީ މިހާރު އެ ޤާނޫނު އޮތް ގޮތުން، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތްތައް ޤާއިމްކުރުމަށް ނިންމާފައި އޮތީ މި އަހަރުގެ ނިޔަލަށް ކަމަށާއި، ރާއްޖޭގެ އިޤްތިސާދީ ޙާލަތުގެ ގޮތުން އެކަން އެގޮތަށް ކުރުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުން އެ ޤާނޫނަށް އިސްލާހު ގެނައުމަށް ނިންމާފައިވަނީ، 2027 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުމުގެ އިޚްލާސްތެރި ނިޔަތުގައި، ހިސާބު ކުރެވިގެން ކަމަށް މެންބަރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ފެނާއި ނަރުދަމާގެ ޤާނޫނަށް އެ ގެނެވުނު އިސްލާހަކީ މައިގަނޑު ވަރަށް ކުޑަ އިސްލާހެއް. އެހެން ނަމަވެސް ކޮންމެހެން ޤާނޫނެއްގައި އެކަން ލިޔެވިފައި އޮތީމައި ގެންނަން ޖެހޭ އިސްލާހެއްކަމަށް އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާތީ އެ ގެނައީ އިސްލާހު. އެއީ ކުރީގެ ޤާނޫނު އޮތް ގޮތުން ވެއްޖެއްޔާ 2025ގެ ނިޔަލަށް ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ މަސައްކަތް ޖެހޭނީ ނިންމަން. އެހެން ނަމަވެސް އެނގިވަޑައިގަންނަވާނެ މި ސަރުކާރު ވުޖޫދަށް އައިއިރު، ދިވެހި ރާއްޖޭގެ ފެނާއި ނަރުދަމާގެ ނިޒާމު އޮތް ޙާލަތު. އެމްޑީޕީ ސަރުކާރުން ވަރަށް ގިނަ މަޝްރޫއުތަކެއް ފަށައި، އެހެން ނަމަވެސް ވަރަށް ކުޑަކުޑަ އިންސައްތައެއްގެ މަސައްކަތް ނިންމާފައި ވަނީ. އެހެންވީމާ އަޅުގަނޑުމެންގެ މި ސަރުކާރަށް ޖެހުނީ ގާތްގަޑަކަށް ވަރަށް ބޮޑު ބަޔެއް، މި މަސައްކަތުގެ ތެރެއިން ވަދެގެން، އަނެއްކާ އަޅުގަނޑުމެންގެ ޤައުމުގެ ސިޔާސީ ނޫނީ ވެރިކަން ލިބުނު އިރު ދިވެހިރާއްޖޭގެ އިޤްތިސާދީ ޙާލަތު އަނެއްކާ ބަޖެޓުގެ ޙާލަތު ވެސް އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި. އެހެންވީމާ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ނިންމެވީ މި ދަތި ޙާލަތުގައި ވެސް މި އުނދަގޫ ދަނޑިވަޅުގައި ވެސް ކޮންމެވެސް ތާރީޚެއް ކަނޑައަޅުއްވައިގެން ފެނާއި ނަރުދަމާގެ ނިޒާމު، ދިވެހި ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދޭން، - ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދު

މެންބަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޚްލާސްތެރިކަމާއި ނިޔަތް ސާފުކަން އެކަމުގައި ވެސް ދޭހަވާ ކަމަކީ ވަކި ތާރީޚެއް ނުޖަހައި ވެސް އެ ޤާނޫނަށް އިސްލާޙުތަކެއް ގެނައުމުގެ ފުރުސަތު އޮތް ނަމަވެސް، ވަކި ތާރީޚެއް ޖަހައިގެން އެ މަސައްކަތްތައް ނިންމަން އަމާޒު ހިފުން ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.

މީގެ އިތުރުން، އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ އިސްލާހު މަޖިލީހުން ބަލައިގަތުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީގެ ނުވަ މެންބަރަކު ވޯޓު ދެއްވި ދެއްވުމަށް އިޝާރަތްކުރައްވައި މެންބަރު ޙުސައިން ވިދާޅުވީ، ޤައުމީ މަސްލަޙަތު އެކުލެވޭ އަދި ރައްޔިތުންނާ ގުޅުންހުރި އެފަދަ ކޮންމެ މުހިންމު ބިލަކަށް އެމްޑީޕީގެ މެންބަރުން ޖަހާނީ "ނޯ" ކަމަށާއި، އެ މެންބަރުން ފިތާނީ ރަތަށް ކަމަށެވެ.

މިއަދު މިއަކީ ވެސް އަޅުގަނޑުމެންނަށް އާ ކަމެއް ނޫން. އަދި ކުރިއަށް އޮތް ތާނގައި ވެސް އެ ބޭފުޅުން އަޅުގަނޑުމެންގެ ރައްޔިތުންނަށް މޮޅަކަށް އެދިގެން ޤައުމަށް ރަނގަޅަކަށް އެދިގެން ކުރާ ކޮންމެ ކަމެއްގައި އެބޭފުޅުން [އެމްޑީޕީގެ މެންބަރުން] ނޯ ޖަހަމުން ގެންދާނެ، - ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދު

މެންބަރު އެފަދައިން ވިދާޅުވިއިރު، އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ފަރާތުން މަޖިލިސް ތަމްސީލުކުރައްވާ މެންބަރުންގެ ތެރެއިން ވޯޓަށް އެހި އިރު މަޖިލީހުގެ ތަޅުމުގައި 10 މެންބަރަކު ތިއްބެވިއެވެ. އޭގެ ތެރެއިން ނުވަ މެންބަރަކު ބިލު ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވިއިރު، އެއް މެންބަރަކު ވޯޓުގައި ބައިވެރިވެވަޑައިގަންނަވައިފައެއް ނުވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޖިލީހުން ވަޒީރުންނަށް ރުހުން ދީފިޚަބަރު | 2 ދުވަސް ކުރިންޤައުމު ހަމައަކަށް އެޅުވޭނީ ހަމައިން ނެއްޓޭ މީހުން މައިތިރިކޮށްގެން: މެމްބަރު ހުސެއިން ހަމީދުޚަބަރު | 2 ދުވަސް ކުރިންވަޒީރުންނަށް ރުހުން ދޭން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިޚަބަރު | 4 ދުވަސް ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލެވޭ ތާރީހަށް ބަދަލު ގެނެސްފިޚަބަރު | 4 ދުވަސް ކުރިން