logo
Bank of Maldives

Bank of Maldives

ދުނިޔެ

އީރާނާއި ދެކޮޅަށް ކުރާ ހަނގުރާމައިގެ ޚަރަދު ބޮޑުކަމުން ޓްރަމްޕަށް ބޮޑެތި ފިންތުންތަކެއް ކުރިމަތިވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
29 އޭޕްރީލު 2026 - 17:52
އީރާނާއި ދެކޮޅަށް ކުރާ ހަނގުރާމައިގެ ޚަރަދު ބޮޑުކަމުން ޓްރަމްޕަށް ބޮޑެތި ފިންތުންތަކެއް

އީރާނާއެކު ކުރަމުންދާ ހަނގުރާމައަކީ އެމެރިކާގެ ވައިޓް ހައުސްއަށް އުފުލަން ޖެހިފައިވާ ބޮޑު ބުރައަކަށް ވެފައިވާތީ، އެ ހަނގުރާމަ ނިންމުމަށް ރައީސް ޑޮނަލްޑް ޓްރަމްޕަށް ސިޔާސީ ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވަމުންދާ ކަމަށް ރޮއިޓާސް އިން ރިޕޯޓްކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ މި މައުލޫމާތު އެނގޭ އެމެރިކާގެ އިސް އޮފިޝަލުންނާ ހަވާލާދީއެވެ.

އަންގާރަ ދުވަހު ޝާއިއުކުރި ރިޕޯޓެއްގައިވާ ގޮތުން، ދެ މަސް ދުވަސްވެފައިވާ މި ހަނގުރާމައިގައި އެމެރިކާއިން އަމިއްލައަށް ކާމިޔާބީ އިއުލާނުކޮށްފިނަމަ، އީރާނުން އަމަލުކުރާނެ ގޮތްތަކެއް އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން ދަނީ ދިރާސާ ކުރަމުންނެވެ. މި ހަނގުރާމައިގައި މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެފައިވާއިރު، މިއީ މިހާރުގެ ސަރުކާރަށް ސިޔާސީ ގޮތުން ބޮޑު ގެއްލުމަކަށް ވަނީ ވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސް އޮފިޝަލުންގެ އެދުމުގެ މަތިން، އިންޓެލިޖެންސް އިދާރާތަކުން ދަނީ މި ހަނގުރާމައިން އެމެރިކާގެ ސިފައިން ބޭލުމުން ނުކުމެދާނެ ނަތީޖާތައް ވަޒަންކުރަމުންނެވެ. ޓްރަމްޕްގެ މުޝީރުން ވަނީ ހަނގުރާމަ ކުރިއަށް ގެންދާނަމަ، އަންނަ ނޮވެމްބަރު މަހު ބާއްވާ މިޑްޓާމް އިންތިހާބުގައި ރިޕަބްލިކަން ޕާޓީއަށް ބޮޑެތި ނާކާމިޔާބީތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ.

ރޮއިޓާސްއަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނި ގޮތުގައި، ފެބްރުއަރީ މަހު ފެށި އަސްކަރީ ކެމްޕޭނަށްފަހު އިންޓެލިޖެންސް އިދާރާތަކުން ވަނީ ވަގުތީ އެސެސްމަންޓެއް ތައްޔާރުކޮށްފައެވެ. އެ ރިޕޯޓުގައިވާ ގޮތުން، "ޓްރަމްޕް ކާމިޔާބީ އިއުލާނުކޮށް އެ ސަރަހައްދުން އެމެރިކާ ސިފައިން ބާލައިފިނަމަ، އީރާނުން އެކަން ދެކޭނީ އެ ގައުމަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައެވެ."

މީގެ އިތުރުން، އެމެރިކާއިން މޮޅުވި ކަމަށް ބުނެފައި، އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ސިފައިން ބައިތިއްބައިފިނަމަ، އީރާނުން އެކަން ދެކޭނީ މަޝްވަރާގެ އުކުޅެއްގެ ގޮތުގައި ކަމަށް މަސްދަރުތަކުން ބުނެއެވެ. ނަމަވެސް އެއީ ހަނގުރާމަ މުޅިން ނިމުމަކަށް އަންނާނެ ކަމެއް ނޫން ކަމަށްވެސް އެ ފަރާތްތަކުން ފާހަގަކުރެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނާއި ދެކޮޅަށް ކުރާ ހަނގުރާމައިގެ ޚަރަދު ބޮޑުކަމުން ޓްރަމްޕަށް ބޮޑެތި ފިންތުންތަކެއްދުނިޔެ | 2 ގަޑިއިރު ކުރިންހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި ނިއުކްލިއާ މަޝްވަރާތައް ފަސްކުރުމަށް އީރާނުން ހުށަހަޅައިފިދުނިޔެ | 2 ދުވަސް ކުރިންތެޔޮ ވަސީލަތްތަކަށް ހަމަލާދީފިނަމަ 'ލޮލަކަށް ބޮލެއް' ނަގާނެކަމުގެ އިންޒާރު އީރާނުން ޓްރަމްޕަށް ދީފިދުނިޔެ | 3 ދުވަސް ކުރިންއިނގިރޭސި ރަސްގެފާނު ޗާލްސް ލަދުގަންނަވާލަން ޓްރަމްޕް ރާވާފައިވާކަން ފަޅާއަރައިފިދުނިޔެ | 4 ދުވަސް ކުރިން