logo
Bank of Maldives

Bank of Maldives

ދުނިޔެ

ހަނގުރާމައަށް ހިނގި ޚަރަދާއި ގުޅޭގޮތުން އެމެރިކާ ހަދަނީ ދޮގު، އެމީހުން ކުރި ޚަރަދު 100 ބިލިއަން ޑޮލަރަށް އަރާނެ: އީރާން

އެމެރިކާއިން ހަދަނީ ދޮގު، ހަނގުރާމައަށް އެމީހުން ކުރި ޚަރަދު  100 ބިލިއަން ޑޮލަރަށް އަރާނެ: އީރާން

ހިނގަމުންދާ ހަނގުރާމައިގެ ޚަރަދުތަކާ ގުޅޭގޮތުން އެމެރިކާ ސަރުކާރުން ހާމަކުރަމުންދާ ރަސްމީ ހިސާބުތަކަކީ ދޮގު މައުލޫމާތުތަކެއް ކަމަށް ތުހުމަތުކުރައްވައި، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އަރަގްޗީ ވިދާޅުވި ގޮތުގައި މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ މާލީ ބުރަ މިހާރު ވަނީ 100 ބިލިއަން ޑޮލަރަށް އަރާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަރަގްޗީ ވިދާޅުވީ، އެމެރިކާގެ ޕެންޓަގަނުން ހަނގުރާމައިގެ ޚަރަދުތަކާ ބެހޭގޮތުން ހަދަނީ ދޮގު ކަމަށެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ނިންމުންތަކުގެ ސަބަބުން އެމެރިކާއަށް ސީދާ ގޮތުން މިހާތަނަށް 100 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށާއި، މިއީ އެމެރިކާއިން ދައުވާކުރާ މިންވަރަށްވުރެ ހަތަރު ގުނަ އިތުރު އަދަދެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެމެރިކާގެ ޓެކްސް ދައްކާ ފަރާތްތަކަށް ކުރިމަތިވާ ނުސީދާ ޚަރަދުތައް މިއަށްވުރެ މާ މަތިވާނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. "އެމެރިކާގެ ކޮންމެ ގޭބިސީއަކަށް މަހަކު 500 ޑޮލަރުގެ ބިލެއް މިކަމުގެ ސަބަބުން އަންނަ އިރު، މި އަދަދު ދަނީ ހަލުވިކަމާއެކު އިތުރުވަމުން،" އަރަގްޗީ ލިޔުއްވާފައިވެއެވެ. އޭނާ ވަނީ އިސްރާއީލަށް އިސްކަންދިނުމުގެ ސިޔާސަތުގެ ސަބަބުން އެމެރިކާ އޮތީ އެންމެ ފަހަތަށް ޖެހިފައި ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ.

އަރަގްޗީ މިހެން ވިދާޅުވެފައި މިވަނީ، ޕެންޓަގަންގެ އޮފިޝަލެއް ކަމަށްވާ ޖޫލްސް ހަރސްޓް ކޮންގްރެސްގައި ދެއްވި ބަޔާނެއްގައި، "އޮޕަރޭޝަން އެޕިކް ފިއުރީ" އަށް މިހާތަނަށް ހިނގާފައިވަނީ 25 ބިލިއަން ޑޮލަރު ކަމަށް ވިދާޅުވެފައިވަނިކޮށެވެ. ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ ގަލްފުގެ ގައުމުތަކުގައި ތިބި އެމެރިކާގެ ބައިވެރިންނަށް ރައްދު ހަމަލާދީ ހޯމްޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.

މި ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް ޕާކިސްތާނުގެ މެދުވެރިކަމާއެކު އޭޕްރިލް 8 ގައި ހަމަލާބަދަލުކުރުން ހުއްޓާލުމަށް އިއުލާނުކުރި ނަމަވެސް، އޭޕްރިލް 11 އާއި 12 ގައި އިސްލާމްއާބާދުގައި ބޭއްވުނު މަޝްވަރާތަކުން އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. ނަމަވެސް، ޕާކިސްތާނުގެ އެދުމުގެ މަތިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ހަމަލާބަދަލުކުރުން ހުއްޓާލުމުގެ މުއްދަތު އިތުރުކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމެރިކާއިން ހަދަނީ ދޮގު، ހަނގުރާމައަށް އެމީހުން ކުރި ޚަރަދު 100 ބިލިއަން ޑޮލަރަށް އަރާނެ: އީރާންދުނިޔެ | 2 ގަޑިއިރު ކުރިންއެމެރިކާއިން ހަމަލާއެއް ދީފިނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފިދުނިޔެ | ދުވަހެއް ކުރިންހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި ނިއުކްލިއާ މަޝްވަރާތައް ފަސްކުރުމަށް އީރާނުން ހުށަހަޅައިފިދުނިޔެ | 4 ދުވަސް ކުރިންތެޔޮ ވަސީލަތްތަކަށް ހަމަލާދީފިނަމަ 'ލޮލަކަށް ބޮލެއް' ނަގާނެކަމުގެ އިންޒާރު އީރާނުން ޓްރަމްޕަށް ދީފިދުނިޔެ | 5 ދުވަސް ކުރިން