logo
MPL

MPL

ޚަބަރު

ހައްޖުވެރިންގެ އެހީތެރިންނަށް ހާއްސަ ތަމްރީނުތަކެއް ދިނުމަށް ނިންމައިފި

ހައްޖުވެރިންގެ އެހީތެރިންނަށް ހާއްސަ ތަމްރީނުތަކެއް ދިނުމަށް ނިންމައިފި

ހައްޖުވެރިންގެ އެހީތެރިންނަށް ހާއްސަ ތަމްރީނުތަކެއް ދިނުމަށް ނިންމައިފިއެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ ޙައްޖުވެރިން ހިތްހަމަޖެހޭފަދަ ޚިދުމަތްތަކެއް އެހީތެރިންގެ ޓީމުން މިއަހަރުވެސް ފޯރުކޮށްދޭނެކަމަށާއި ކޮންމެ އެހީތެރިއަކަށްވެސް ޙައްޖަށް ފުރުމުގެ ކުރިން ހާއްސަ ތަމްރީންތަކެއް ދޭނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން އެހީތެރިންގެ ޓީމަކީ، ޙައްޖުވެރިއަކަށް ކޮންމެފަދަ އެހީތެރިކަމެއް ބޭނުންވިނަމަވެސް އެހީތެރިކަން ދެވޭވަރުގެ ޓީމެއްކަމަށާއި އެހީތެރިންނަކީ ޙައްޖުގެ މަނާސިކުގައި ޙައްޖުވެރިންނަށް ބޭނުންވާ އެންމެހާ އެހީތެރިކަން ދިނުމުގައި ހަރަކާތްތެރިވާނެ މީހުން ކަމަށެވެ. އަދި ދަތުރުފަތުރާއި ކެއިންބުއިމުގެ ޚިދުމަތްތަކާއި ހޮޓަލާއި އިދާރީ އެންމެހާ ކަންކަމާއި ސިއްހީ އެހީތެރިންގެ ގޮތުގައި އެކަމަށް ހާއްސަކޮށް ކަނޑައަޅާފައިވާ ޓީމްތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ޝަކީލް ވިދާޅުވިއެވެ.

އެމްޑީ އިތުރަށް ވިދާޅުވީ ހައްޖުގެ މާތް އަޅުކަމުގެ ކަންކަމުގައިވެސް ބޭނުންވާ އެންމެހާ އިރުޝާދުތަކާއި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި ކޮންމެ އެހީތެރިއަކީވެސް، ޙާޖީންނަށް ބޭނުންވާ އެންމެހާ ކަންކަމުގައި އިރުޝާދުތައް ދެވޭނެހެން ހޭލުންތެރިކޮށް، ތަމްރީން ދީފައިވާ އެޙީތެރިއަކަށްވާނެ ކަމަށެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް މިއަހަރުވެސް 1000 ޙައްޖު ކޯޓާ ލިބުނުއިރު، އެހީތެރިންގެ ގޮތުގައި ދާ މީހުންވެސް ހިމެނެނީ މި ކޯޓާގެ ތެރެއިންނެވެ.

ރާއްޖެއިން ޙައްޖުގެ ކަންކަމަށް ދާ އެޑްވާންސް ޓީމް ފުރާނީ ހޯމަ ދުވަހުއެވެ. އަދި ޙާޖީން ފުރާނީ 15ވަނަ ދުވަހުން ފެށިގެން، 4 ފްލައިޓެއްގައެވެ. ކޮންމެ ފްލައިޓެއްގައިވެސް އެހީތެރިންގެ ޓީމްތަކުން ބައިވެރިވާނެއެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޙައްޖު ކޯޕަރޭޝަންގެ އާ އެމްޑީ އަކަށް ފިރުޒުލްޚަބަރު | 2 މަސް ކުރިންމިއަހަރު ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިން ރާއްޖެ އަތުވެއްޖެޚަބަރު | 3 މަސް ކުރިންޙައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެޚަބަރު | 3 މަސް ކުރިންހައްޖުވެރިންގެ ފުރަތަމަ ގުރޫޕުގައި ހިމެނޭ 241 ހައްޖާޖީން މާލެ އަތުވެއްޖެޚަބަރު | 3 މަސް ކުރިން