logo
Bank of Maldives

Bank of Maldives

ދުނިޔެ

ކެންސަރު ބައްޔާ ހަނގުރާމަކުރަމުންދިޔަ އިންފްލުއެންސާ ކިއާސްޓަން ޑައިކް އުމުރުން 25 އަހަރުގައި މަރުވެއްޖެ

ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ކެންސަރު ބަލީގެ ތަޖުރިބާތައް ހިއްސާކުރަމުންދިޔަ މަޝްހޫރު އިންފްލުއެންސާ ކިއާސްޓަން ޑައިކް
ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ކެންސަރު ބަލީގެ ތަޖުރިބާތައް ހިއްސާކުރަމުންދިޔަ މަޝްހޫރު އިންފްލުއެންސާ ކިއާސްޓަން ޑައިކް

ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ކެންސަރު ބަލީގެ ތަޖުރިބާތައް ހިއްސާކުރަމުންދިޔަ މަޝްހޫރު އިންފްލުއެންސާ ކިއާސްޓަން ޑައިކް، އުމުރުން އެންމެ 25 އަހަރުގައި މަރުވެއްޖެއެވެ. މި ހަބަރު އާންމުކޮށްފައިވަނީ އޭނާގެ ލޯބިވެރިޔާ ޑޮމިނިކް ސިންފިއޯއެވެ.

ޑޮމިނިކް އިންސްޓަގްރާމް އަދި ޓިކްޓޮކްގައި ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، ޑައިކް މަރުވީ މިދިޔަ އޭޕްރިލް މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. ޑައިކްގެ ވަކިވުމާ ގުޅިގެން ޑޮމިނިކް ވަނީ އޭނާއަކީ އެހެން މީހުންނަށް އުފާވެރިކަން ގެނެސްދިން، ވަރަށް ހާއްސަ އިންސާނެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ޑައިކް މަރުވިއިރު އެއްވެސް ތަދެއް ނުވަތަ ވޭނެއް އިހުސާސް ކުރަން ނުޖެހޭކަން އޭނާ ފާހަގަކުރިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޑައިކްއަށް ސްޓޭޖް 2 ގެ މެލަނޯމާ (ހަމުގެ ކެންސަރު) ޖެހިފައިވާކަން އެނގުނީ 2022 ވަނަ އަހަރު ހަށިގަނޑުން ފެނުނު ޝައްކުކުރެވޭ ފާހަގައެއް ބަޔޮޕްސީ ހެދުމުންނެވެ. އޭގެ ފަހުން އޭނާ ދިޔައީ ބަލީގެ ފަރުވާގެ ކަންކަމާއި އޭނާ ކުރިމަތިލާންޖެހުނު ގޮންޖެހުންތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ބަލިން މުޅިން ފަސޭހަވި ކަމަށް ބެލެވި، އޭނާ ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރިއެވެ. ނަމަވެސް، އޭގެ ފަހުން އޭނާގެ ހަށިގަނޑުން ސްޓޭޖް 3 ގެ މެޓަސްޓެޓިކް މެލަނޯމާ ފެނި، 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު އަލުން އިމިއުނޯތެރަޕީ ފަރުވާ ފެށިއެވެ.

undefined

ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ކެންސަރު ބަލީގެ ތަޖުރިބާތައް ހިއްސާކުރަމުންދިޔަ މަޝްހޫރު އިންފްލުއެންސާ ކިއާސްޓަން ޑައިކް

 

މިދިޔަ މަހު ޑައިކް ވަނީ އޭނާ ދިރިހުންނާނީ މަދު މަސްކޮޅަކަށް ކަމަށް ޑޮކްޓަރުން ބުނެފައިވާކަން ހާމަކޮށްފައެވެ. ނަމަވެސް، ޑޮކްޓަރުން ލަފާކުރި މުއްދަތަށްވުރެ މާ އަވަހަށް އޭނާގެ ހާލަތު ގޯސްވިއެވެ. ޑޮމިނިކް ބުނި ގޮތުގައި، އޭޕްރިލް 21 ވަނަ ދުވަހު ޑައިކް އެމަޖެންސީގައި ހޮސްޕިޓަލަށް ގެންދެވުނެވެ. އަދި އޭޕްރިލް 26 ވަނަ ދުވަހު އޭނާ އިންޓިއުބޭޓް ކުރަން ޖެހުނު ކަމަށާއި، އެ ދުވަހުގެ ފަހުގެ ވަގުތެއްގައި ސެޕްސިސް ޖެހިގެން އޭނާ މަރުވި ކަމަށް ޑޮމިނިކް މައުލޫމާތު ދިނެވެ.

ޑޮމިނިކްގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ، "އަހަރެން އުންމީދު ކުރަނީ އޭނާ ދިރިއުޅުނު ފަދަ ހިތްވަރުގަދަ ގޮތަކަށް ދިރިއުޅެ، އޭނާގެ ލޯތްބާއި ހިތްވަރު އެހެން މީހުންނަށް ފޯރުކޮށްދެވޭނެ ކަމަށް. އަހަރެން ކަލާދެކެ ވަރަށް ލޯބިވޭ،" ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކެންސަރާއި ހަނގުރާމަކުރަމުންދިޔަ އިންފްލުއެންސާ ކިއާސްޓަން ޑައިކް އުމުރުން 25 އަހަރުގައި މަރުވެއްޖެދުނިޔެ | 2 ގަޑިއިރު ކުރިންސްވިޑަންއިން ވައިކިންގް ޒަމާނުގެ ސަންދޯކެއްގެ ތެރެއިން "ﷲ" ޖަހާފައިވާ އަނގޮޓިއެއް ފެނިއްޖެދުނިޔެ | 2 ގަޑިއިރު ކުރިންއެކްޓްރެސް އެމްބާ ހާޑްގެ ދަރިންގެ ބައްޕައަކީ މަސްކް ކަމަށް ބުނާ އަޑުތައް އަނެއްކާވެސް ގަދަވެއްޖެދުނިޔެ | 7 ދުވަސް ކުރިންޓްރަމްޕް މަގާމުން ވަކިކުރި ފަހުން "އައި.ސީ.އީ ބާބީ" އިތުރު ފަޟީހަތެއްގެ ތެރެއަށްޚަބަރު | 8 ދުވަސް ކުރިން