logo
Bank of Maldives

Bank of Maldives

ދުނިޔެ

އީލޮން މަސްކް ކޯޓަށް، ފަނޑިޔާރުގެ ވަރުގަދަ ބަަހުގެ ހަމަލާތަކެއް

މަސްކު ކޯޓުގައި، ވޮޝިންޓަން ޕޯސްޓްގެ ކުރެހުމެއް
މަސްކު ކޯޓުގައި، ވޮޝިންޓަން ޕޯސްޓްގެ ކުރެހުމެއް

ޓެސްލާގެ ސީއީއޯ އީލޮން މަސްކް، އޯޕަން އޭއައި (OpenAI) އާއި އެ ކުންފުނީގެ ސީއީއޯ ސޭމް އޮލްޓްމަންއާ ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތް ފެށުމުގެ ތައްޔާރީތަކުގެ ތެރެއިން، ފެޑަރަލް ފަނޑިޔާރު އިވޯން ގޮންޒާލޭޒް ރޮޖާސް މަސްކްއަށް ވަރުގަދަ ބަަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފިއެވެ.

އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު ވަނީ ކޯޓުން ބޭރުގައި މަސްކް ކުރައްވާ ކަންކަމުގެ ސަބަބުން މައްސަލަ އިތުރަށް ގޯސްވަމުންދާކަން ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަނޑިޔާރު ރޮޖާސް މަސްކްއަށް ފާޑުވިދާޅުވީ، ޝަރީއަތް ފެށުމުގެ އެއްދުވަސް ކުރިން އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' (X) ގައި އިދިކޮޅު ފަރާތްތަކަށް ފާޑުކިޔައި ގިނަ އަދަދެއްގެ ޕޯސްޓްތަކެއް ކޮށްފައިވާތީއެވެ. މީގެ ތެރޭގައި ސޭމް އޮލްޓްމަންގެ ނަމަށް ނިސްބަތްކޮށް "Scam" ގެ ނަމުން މުޚާތަބުކޮށްފައިވާ ޕޯސްޓްތައް ހިމެނެއެވެ. މަސްކް ބުނި ގޮތުގައި އޭނާގެ މި ޕޯސްޓްތަކަކީ އޮލްޓްމަން ކުރި ޕޯސްޓްތަކަކަށް ދިން ރައްދެކެވެ.

މަސްކް ދައުވާކުރާ ގޮތުގައި 2015 ވަނަ އަހަރު އޭނާ އާއި އޮލްޓްމަން އަދި ގްރެގް ބްރޮކްމަން ގުޅިގެން އޯޕަން އޭއައި އުފެއްދި އަސްލު މަގްސަދާ އެ ދެމީހުން ވަނީ ޚިލާފުވެފައެވެ. މަސްކް ތުހުމަތު ކުރާ ގޮތުގައި އެމީހުން މަސައްކަތް ކުރަނީ އަމިއްލަ މަންފާއަށްޓަކައެވެ. ނަމަވެސް އޯޕަން އޭއައި އާއި އެ ކުންފުނީގެ އިސްވެރިން މި ތުހުމަތުތައް ދޮގުކުރެއެވެ.

ޝަރީއަތުގެ ފުރަތަމަ ތިން ދުވަހު މަސްކްގެ ފަރާތުން ފެނިގެންދިޔައީ ތަފާތު މަންޒަރުތަކެކެވެ. ސުވާލުތަކަށް ޖަވާބުދެމުން ދިޔައިރު އޭނާ ބައެއް ފަހަރު މާޔޫސްކަން ފާޅުކޮށް، މަޖާ ވާހަކަތައް ދައްކައި، އަދި "ޓާމިނޭޓަރ" ފިލްމުގެ ރިފަރެންސްތައް ބޭނުންކޮށްފައިވެއެވެ. މިކަންކަމާ ގުޅިގެން ފަނޑިޔާރު ވަނީ ތަކުރާރުކޮށް އޭނާއަށް އިންޒާރު ދެއްވާފައެވެ.

އެއް މަރުހަލާއެއްގައި މަސްކް ވަނީ އޯޕަން އޭއައިގެ ވަކީލަށް ފާޑުކިޔާފައެވެ. އެވަގުތު ފަނޑިޔާރު ރޮޖާސް މަސްކްގެ ވާހަކަ މެދުކަނޑާލުމަށްފަހު، "އަހަރެންނަކީ ވަކީލެއް ނޫން" މި ހަތަރު ލަފުޒު އޭނާގެ ފަހަތުން ކިޔުމަށް އެންގިއެވެ. މަސްކް އެއަށް ކިޔަމަންތެރިކަމާއެކު ތަކުރާރުކުރުމަށްފަހު، އޭނާ ވަނީ ލޯ 101 ކިޔެވި ކަމަށް ބުނެފައެވެ. މިކަމުގެ ސަބަބުން ކޯޓުގައި ތިބި އާންމުންގެ މެދުގައި ހިނިގަނޑެއް ފަޅައިގެން ދިޔައެވެ.

ޔުނިވަރސިޓީ އޮފް ކޮލޮރާޑޯގެ ލޯ ޕްރޮފެސަރު އޭން ލިޕްޓަން ވިދާޅުވި ގޮތުގައި، މަސްކް ފަދަ ބޮޑެތި ކުންފުނިތަކުގެ ވެރިން އާންމުކޮށް ޝަރީއަތްތަކަށް ހާޒިރުވުމަށް އިންކާރު ކުރެއެވެ. ސަބަބަކީ ކޯޓު ރޫމަކީ އެމީހުން ބޭނުންވާ ގޮތަށް ކަންކަން ކޮންޓްރޯލް ކުރެވޭނެ ތަނަކަށް ނުވާތީއެވެ. މަސްކްގެ މަޝްހޫރުކަމާއި އޭނާގެ ސިޔާސީ ފިކުރުގެ ސަބަބުން ޝަރީއަތުގެ މަރުހަލާތަކަށް ގޮންޖެހުންތައް ކުރިމަތިވާކަން މީގެ ކުރީގެ މައްސަލަތަކުންވެސް ވަނީ ފާހަގަކުރެވިފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީލޮން މަސްކް ކޯޓަށް، ފަނޑިޔާރުގެ ވަރުގަދަ ބަަހުގެ ހަމަލާތަކެއްދުނިޔެ | 3 ގަޑިއިރު ކުރިންޝަކީރާގެ ހިލޭ ކޮންސަޓެއް ބްރެޒިލްގެ ކޮޕަކަބާނާ ބީޗުގައި، 2 މިލިއަން މީހުން ދާނެދުނިޔެ | 4 ގަޑިއިރު ކުރިންކެންސަރާއި ހަނގުރާމަކުރަމުންދިޔަ އިންފްލުއެންސާ ކިއާސްޓަން ޑައިކް އުމުރުން 25 އަހަރުގައި މަރުވެއްޖެދުނިޔެ | 15 ގަޑިއިރު ކުރިންސްވިޑަންއިން ވައިކިންގް ޒަމާނުގެ ސަންދޯކެއްގެ ތެރެއިން "ﷲ" ޖަހާފައިވާ އަނގޮޓިއެއް ފެނިއްޖެދުނިޔެ | 15 ގަޑިއިރު ކުރިން