logo
Bank of Maldives

Bank of Maldives

ދުނިޔެ

ޝަކީރާގެ ހިލޭ ކޮންސަޓެއް ބްރެޒިލްގެ ކޮޕަކަބާނާ ބީޗުގައި، 2 މިލިއަން މީހުން ދާނެ

ޝަކީރާގެ ހިލޭ ކޮންސަޓެއް ބްރެޒިލްގެ ކޮޕަކަބާނާ ބީޗުގައި، 2 މިލިއަން މީހުން ދާނެ

ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ، ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގެ މަޝްހޫރު ކޮޕަކަބާނާ ބީޗުގައި ހިލޭ ބާއްވާ ބޮޑު ކޮންސަޓެއް ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ހަރަކާތް ބަލާލުމަށް ދުނިޔޭގެ އެންމެ މަޝްހޫރު އެއް ގޮނޑުދޮށަށް ގާތްގަނޑަކަށް 2 މިލިއަނެއްހާ މީހުން ޖަމާވާނެކަމަށް ބްރެޒިލްގެ އޮފިޝަލުން ލަފާކޮށްފިއެވެ.

މި ކޮންސަޓަކީ ޝަކީރާގެ "Las Mujeres Ya No Lloran" ނުވަތަ "އަންހެނުންނެއް ދެން ކަރުނައެއް ނާޅާނެ" މި ވޯލްޑް ޓުއާގެ ބައެކެވެ. މިއީ 2024 ވަނަ އަހަރު މަޑޯނާ އަދި މިދިޔަ އަހަރު ލޭޑީ ގާގާ އެ ސަރަހައްދުގައި ބޭއްވި ފަދަ ކާމިޔާބު ޝޯތަކަށްފަހު ބާއްވާ ބޮޑު ހަރަކާތެކެވެ. ބްރެޒިލްގެ ޓީވީ ގްލޯބޯއަށް ދިން އިންޓަވިއުއެއްގައި ޝަކީރާ ބުނީ މިއީ އޭނާގެ ކެރިއަރުގައި ބާއްވާ އެންމެ ބޮޑު ކޮންސަޓަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"މިއީ އަހަރެން ދެކެމުން އައި ހުވަފެނެއް. މި ގޮނޑުދޮށުގައި ލަވަކިޔުމަކީ އަބަދުވެސް އަހަރެން ކުރަން ބޭނުންވި ކަމެއް، ސަބަބަކީ މިއީ ވަރަށް ޖާދޫވީ ތަނެއް ކަމަށް އަހަރެން ގަބޫލުކުރާތީ،" ޕޯޗުގީޒު ބަހުން ވާހަކަދައްކަމުން ޝަކީރާ ބުންޏެވެ. އޭނާ ވަނީ އިނގިރޭސި ބަސް ދަސްކުރުމުގެ ކުރިން ޕޯޗުގީޒު ބަސް ދަސްކޮށްފައެވެ.

މި ކޮންސަޓާ ގުޅިގެން ރިއޯގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވެއެވެ. ސިޓީ ހޯލް އަދި ރިއޯޓޫރްގެ ދިރާސާއަކުން ދައްކާ ގޮތުގައި، ފަތުރުވެރިން އައުމާއި ހޮޓާ، ރެސްޓޯރެންޓް އަދި ފިހާރަތަކުން ކުރާ ވިޔަފާރީގެ ސަބަބުން ގާތްގަނޑަކަށް 155 މިލިއަން ޑޮލަރު އިގްތިސާދަށް ވަންނާނެއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިފަދަ ބޮޑެތި ޝޯތައް ބާއްވާ އަހަރުތަކުގައި ރިއޯއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނުން ފެށިގެން ގިނަ އަދަދެއްގެ މީހުން ވަނީ ރަނގަޅު މަގާމެއް ހޯދުމަށް ގޮނޑުދޮށަށް ޖަމާވާން ފަށާފައެވެ. މަގުމަތީގައި ތަކެތި ވިއްކާ މީހުން ކެއުންބުއިމުގެ ސާމާނުގެ އިތުރުން، ސްޓޭޖް ރަނގަޅަށް ބަލާލުމަށްޓަކައި މީހުން ކޮޅަށް ތިބެން ބޭނުންކުރާ ވެލި ބަސްތާ ފަދަ ތަކެތި ވެސް ދަނީ ވިއްކަމުންނެވެ. މި ކޮންސަޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ތާރީޚީ ލަގްޒަރީ ހޮޓަލެއް ކަމަށްވާ ކޮޕަކަބާނާ ޕެލަސްގެ ކުރިމަތީގައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލޯބިވެރިޔާ މަރާލި މަޝްހޫރު އަންހެން ޑެންޓިސްޓަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފިޚަބަރު | 3 ދުވަސް ކުރިންޓްރަމްޕް، ވެނެޒުއޭލާގެ މުއްސަނދިކަން ފޭރިގަންނަން އެ ގައުމަކީ އެމެރިކާގެ 51 ވަނަ ސްޓޭޓަށް ހެދުމުގެ ހުވަފެނުގައިދުނިޔެ | 3 ދުވަސް ކުރިންޓްރަމްޕްގެ ދެދަރިނަށް ތުހުމަތުވާ ''ޓްރަމްޕް ފޯނު''ނަމުގައި 59 މިލިއަން ޑޮލަރުގެ ބޮޑު ސްކޭމެއް ދުނިޔެ | 3 ދުވަސް ކުރިން ހެނާ ހާޕާ ''އެމެރިކަން އައިޑޮލް ސީޒަން 24 '' ކާމިޔާބުކޮށްފިދުނިޔެ | 3 ދުވަސް ކުރިން