logo
Bank of Maldives

Bank of Maldives

ޚަބަރު

މިހާތަނަށް ފުރުވާލި ބިދޭސީންގެ އަދަދު 4،000 އަށް އަރައިފި

އާމިނަތު ޝަފާ
13 އޮކްޓޯބަރު 2024 - 11:39
އިމިގްރޭޝަނުން ކުރިން ކުރިއަށްގެންދިޔަ މާސް އިންސްޕެކްޝަންގެ ތެރެއިން// ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަނުން ކުރިން ކުރިއަށްގެންދިޔަ މާސް އިންސްޕެކްޝަންގެ ތެރެއިން// ފޮޓޯ: އިމިގްރޭޝަން

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކަމާ ބެހޭ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މިހާތަނަސް 4،103 ބިދޭސީން ފުރުވާލެވިފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން "މެންދުރު ޓީވީ"އާ ހިއްސާކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި 2023 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 17 ވަނަ ފުރުވާލެވުނު ބިދޭސީންގެ އަދަދު 4،103 އަށް ވަނީ އަރާފައެވެ. އަދި މި މުއްދަތުގައި ރެއިޑް ހިންގުނު ތަަންތަނުގެ އަދަދަކީ 275އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިމިގްރޭޝަނުން ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާއި ހިލާފަށް ވިޔަފާރިކުރާ މީހުންނާއި، ލިޔެކިޔުން ފުރިހަމަނުކޮށް އުޅޭ މީހުން ގިނަ އަދަދަކަށް ހިމެނެއެވެ.

ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް ވަނީ ފަށާފައެވެ.

މި އޮޕަރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.

 

 

 

 

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަވާއިދާ ހިލާފަށްއުޅުނު 10 ބިދޭސީން އިމިގްރޭޝަންގެ ބެލުމެދަށަށްޚަބަރު | 2 ގަޑިއިރު ކުރިންބިދޭސީންގެ މައްސަލައަށް ނިމުމެއްނެތް؟ އަނެއްކާވެސް 15 މީހަކު ހައްޔަރަށްޚަބަރު | 14 ދުވަސް ކުރިންހުޅުމާލޭގެ ކެފޭއަކުން ތިން ބިދޭސީއަކު ހައްޔަރުކޮށްފިޚަބަރު | 20 ދުވަސް ކުރިންމިއަހަރުގެ ފުރަތަމަ ކްރޫޒްލައިނާއިން އައި ފަތުރުވެރިންނަށް ކްލިއަރެންސް ދީފިޚަބަރު | މަހެއް ކުރިން