އެމްޓީސީސީގެ ޑީއެމްޑީއަކަށް މުބީން
3 މޭ 2026 - 09:32

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު މުބީން މިއަދު އައްޔަނުކޮށްފިއެވެ.
މި މަގާމަށް މުބީން އައްޔަނުކުރުމާ ގުޅިގެން އެ ކުންފުނިން ވަނީ މުބީންއަށް މަރުހަބާ ކިޔައި ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާކޮށްފައެވެ. އަދި އެ ކުންފުނީގެ ބޯޑު އޮފް ޑިރެކްޓަރުންނާއި މުޅި ޓީމުގެ ނަމުގައި މުބީންއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

Ad by Hajj Corporation
އެމްޓީސީސީން ބުނިގޮތުގައި މުބީންގެ ލީޑަޝިޕް އަދި ސްޓްރެޓީޖިކް ވިޝަންގެ ސަބަބުން ކުންފުނި އިތުރަށް ކާމިޔާބީގެ އައު އުސްމިންތަކަކަށް ވާސިލުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީ އަކީ 18 ޑިސެމްބަރު 1980 ގައި އުފެއްދި، ރާއްޖޭގެ އެންމެ ފުރަތަމަ އަދި އެންމެ ދިގު މުއްދަތަކަށް ހިނގަމުންދާ ސަރުކާރުގެ ކުންފުންޏެކެވެ. އެ ކުންފުނި އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއަށާއި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް އެހީތެރިވުމެވެ.


