logo
Bank of Maldives

Bank of Maldives

ވިޔަފާރި

މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު ބާރު ސްޕީޑްގައި ކުރިއަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
26 އޯގަސްޓު 2026 - 03:37
މާކުރަތު ބަނދަރު މަޝްރޫޢު ކުރިއަށް ދަނީ، ފޮޓޯ: އެމްޓީސީސީ
މާކުރަތު ބަނދަރު މަޝްރޫޢު ކުރިއަށް ދަނީ، ފޮޓޯ: އެމްޓީސީސީ

ރ. މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ 63 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

ބިނާރާއި، ގެދޮރުވެރިކަމާއި، އުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ބޭރުތޮށި ޖެހުމުގެ މަސައްކަތެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫޢުގެ ދަށުން ބަނދަރާއި ފަޅު ފުންކުރުމުގެ ތެރެއިން 39,658.55 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ކޮނުމާއި، 451 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލަ ޖަހައިގެން ގިރާ ސަރަޙައްދު ހިމާޔަތް ކުރުން ހިމެނެއެވެ. އަދި 1,962.18 އަކަމީޓަރުގެ ސަރަޙައްދެއްގައި ގައު އަތުރައި ބަނދަރު ތަރައްޤީކުރުމުގެ އިތުރުން، އުޅަނދުފަހަރު ކައިރިކުރުމަށް 150 މީޓަރުގެ ޕްރީކާސްޓް އެލް-ބްލޮކުގެ އެއްގަމުތޮއްޓަކާއި، 125 މީޓަރުގެ ޖެޓީއެއް ބިނާކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، އެއްގަމުތޮށިލުމާއި، ބޭރުތޮއްޓާއި ރިވެޓްމަންޓް އަދި ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. ހަމައެއާއެކު އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ފަޅަށް ވަދެ ނުކުމެ ހެދުމަށް ބޭނުންވާ ނެވިގޭޝަން ނިޒާމު ޤާއިމުކުރުމުގެ ގޮތުން، ރޭގަނޑު ދަތުރު ކުރާ އުޅަނދުފަހަރަށް މަގުދައްކައިދޭ ނެވިގޭޝަން ލައިޓުތައް ބެހެއްޓުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.

މި މަޝްރޫޢަކީ ބިނާރާއި، ގެދޮރުވެރިކަމާއި، އުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާއިން 26.67 މިލިއަން ރުފިޔާއަށް، 2022 ވަނަ އަހަރުގެ ޖަނަވަރީ މަހު އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އެ އަހަރުގެ މެއި މަހުގައެވެ. މި މަޝްރޫޢު އެއްކޮށް ނިމުމުން، ރަށުގެ ބަނދަރަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެ، ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޓީޑީސީގެ ޗެއާމަންގެ މަޤާމަށް އަޙްމަދު ޝަހީރު އައްޔަންކުރައްވައިފިޚަބަރު | 6 ދުވަސް ކުރިންއިންނަމާދޫ މޫދަށް އެރޭ ސަރަހައްދާއި މާރަންދޫ ގޮނޑުދަށް ހިމާޔަތް ކުރަން އެމްޓީސީސީއާ ހަވާލު ކޮށްފިޚަބަރު | 11 ދުވަސް ކުރިންހަތަރު ރަށެއްގައި ތަރައްގީގެ މަޝްރޫއު ހިންގަން އެމްޓީސީސީއަށްޚަބަރު | 12 ދުވަސް ކުރިންއަމީނީމަގު މަރާމާތުގެ ފުރަތަމަ ސެގްމަންޓްގައި ތާރު އަޅަން ތައްޔާރުވެއްޖެޚަބަރު | 18 ދުވަސް ކުރިން