logo
Bank of Maldives

Bank of Maldives

ޚަބަރު

"މާލެ ޓެކްސީ ލައިން" ގައި ބައިލައްކަ އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވޭ: އެމްޓީސީސީ

އަޙުމަދު ރިޝާން
17 ސެޕްޓެމްބަރު 2026 - 04:46
"މާލެ ޓެކްސީ ލައިން" ގައި ބައިލައްކަ އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވޭ: އެމްޓީސީސީ

"މާލެ ޓެކްސީ ލައިން" ހިދުމަތަށް ރައްޔިތުންގެ މެދުގައި ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، އެޕްލިކޭޝަންގައި މިހާތަނަށް ބައިލައްކަ އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

މިއީ ގްރޭޓާ މާލޭ ސަރަހައްދަށް ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ހައްލެއް ހޯއްދަވައިދެއްވުމުގެ މަގުސަދުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ފެށި ހިދުމަތެކެވެ. ރަސްމީކޮށް މި ހިދުމަތް ފަށާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުރިން ވެބް އެޕްލިކޭޝަން މެދުވެރިކޮށް ބުކް ކުރެވޭ ގޮތަށް އޮތް ނަމަވެސް، މިއަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހު "މާލެ ޓެކްސީ"ގެ ނަމުގައި މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކޮށް ފަސޭހަކަމާއެކު ދަތުރު ހޯދުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. މީޑިޔާ އަށް މައުލޫމާތުދެމުން އެމްޓީސީސީން ބުނީ، މޯބައިލް އެޕްލިކޭޝަން ތައާރަފްކޮށް މިވީ 3 މަހެއްހާ ދުވަސްތެރޭ ޖުމުލަ 157،971 ދަތުރު ކޮށްފައިވާ ކަމަށާއި، މިވަގުތު އެޕްލިކޭޝަނުގައި 52،790 މީހުން ރަޖިސްޓަރީ ކޮށްފައިވާ ކަމަށެވެ.

ހާއްސަ ޕްލޭނެއްގެ ދަށުން ދިރާސާކޮށްގެން ފެށި މި ޓެކްސީ ލައިންގައި 24 ގަޑިއިރު ހިދުމަތް ދިނުމަށް ތިމާވެއްޓާ ރަހުމަތްތެރި 150 އިލެކްޓްރޯނިކް ވެހިކަލް (އީ.ވީ) ބޭނުންކުރެއެވެ. މި ހިދުމަތުގައި ތިން ވައްތަރެއްގެ ކާރު ހިމެނޭ އެވެ.  އެއީ މާލެ ތެރޭގެ ހަނި މަގުތަކަށާއި ދަތުރުތަކަށް ހާއްސަ ލުއި މޮޑެލްގެ ކުދި ކާރާއި، މާލެ، ހުޅުމާލެ އަދި އެއާޕޯޓާ ދެމެދު ދަތުރުކުރާ މީހުންނަށް ހާއްސަ ކާރުގެ އިތުރުން، ހަތަރު ޕަސިންޖަރުންނަށް ތިބެވޭ ގޮތަށް ދާގީނާ އުފުލޭ ގޮތަށް ހުންނަ ކާރު އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"މާލެ ޓެކްސީ ލައިން" ގައި ބައިލައްކަ އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވޭ: އެމްޓީސީސީޚަބަރު | ގަޑިއިރެއް ކުރިންއިންނަމާދޫ މޫދަށް އެރޭ ސަރަހައްދާއި މާރަންދޫ ގޮނޑުދަށް ހިމާޔަތް ކުރަން އެމްޓީސީސީއާ ހަވާލު ކޮށްފިޚަބަރު | 14 ދުވަސް ކުރިންމާކުރަތު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު ބާރު ސްޕީޑްގައި ކުރިއަށްވިޔަފާރި | 22 ދުވަސް ކުރިންއެމްޓީސީސީ ހިޔާ މަޝްރޫޢަށް ބިމެއް ހަމަޖެއްސުމަށް އެޗްޑީސީއާއެކު މަޝްވަރާކޮށްފިޚަބަރު | މަހެއް ކުރިން