ކޮންމެ ހޮނިހިރު ދުވަހަކު ވެސް ދާރުލްއާސާރަށް ވަދެވޭ ގޮތް ހަދަނީ
3 މޭ 2026 - 12:02

ޤައުމީ ދާރުލްއާސާރަށް ވީހާވެސް ގިނަ ބަޔަކަށް ވަދެވޭގޮތްހެދުމަށް ރަސްމީ ދުވަސްތަކުގައި ހުޅުވާފައި ހުންނަ ދުވަސްތަކުގެ އިތުރުން ކޮންމެ ހޮނިހިރު ދުހަވަހަކުވެސް ދާރުލް އާސާރު ހުޅުވާފައި ބެހެއްޓުމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ،މިގޮތަށް ބަދަލު ގެންނަން ނިންމެވީ އެކި ފަރާތްތަކުން އެކަމަށް އެދިފައިވުމުގެ އިތުރުން ވީހާވެސް ގިނަ ބޭފުޅުންނަށް ޤައުމީ ދާރުލްއާސާރުގައި ހުރި ތަންތަން ބަލާލާ ދިރާސާކުރުމުގެ އިތުރުން ކިޔަވާ ކުދިންނަށްވެސް ބޭނުންވާ ކޮންމެ ގަޑިއަކު ވަދެވޭ ގޮތް ހެދުމުގެ ގޮތުން ކަމަށެވެ.

Ad by Hajj Corporation
"ބައެއް ފަރާތްތަކުން އަޅުގަނޑުމެންނަށް ރިކުއެސްޓް ކުރޭ މިކަމުގެ އިތުރަށް ވެސް ވަގުތު ވެސް އިތުރު ކޮށްދިނުމަށް.އެހެންކަމުން އިދާރީގޮތުން މިހާރު ގެންނަން ޖެހޭ ބަދަލުތަށް ގެނައުމާ އެކީގައި އެ ވަގުތު އިތުރުކުރުމަށްޓަކާ ކުރަން ޖެހޭ މަސައްކަތްތައް އަޅުގަނޑުމެން މިހާރު ކުރިއަށް އެބަ ދަން.އިރާދަކުރެއްވިއްޔާ ހަމަ ވީހާވެސް އަވަހަކަށް ރޭގަނޑުގެ ވަގުތުގައި ގާތްގަނޑަކަށް 10 އަކާ ހަމައަށް ވެސް ދާރުލްއާސާރަށް މީހުންނަށް ވަދެ އެތަން ބަލާލުމުގެ ފުރުސަތު ލިބޭގޮތަށް އަޅުގަނޑުމެން މަސައްކަތްތަށް ރާވާ ކުރިއަށް ގެންދާނަން"ވަޒީރު ހީނާ ވަލީދު
މި ބަދަލު ގެންނަން ނިންމާފައިވަނީ 18 މޭ 2026 އިން ފެށިގެން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 10 އަކުން ހަވީރު 4 އަކަށް ކަމަށް ވަޒީރު ހީނާ ވިދާޅުވިއެވެ.


