logo
MPL

MPL

ޚަބަރު

މިނިވަންދުވަހުގެ ހަރަކާތްތަކަށް ހަރަދުވީ ޖުމްލަ 4.1 މިލިއަން ރުފިޔާ: މިނިސްޓަރު ހީނާ

މަރިޔަމް މާޙީ
1 ޖުލައި 2026 - 05:36
ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ
ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ

މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ހަރަކާތްތަކަށް ހިނގީ ޖުމްލަ 4.1 މިލިއަން ރުފިޔާ ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މި މަޢުލޫމާތު ހިއްސާކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މެންބަރުސުވާލު ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް މިނިސްޓްރީން ހިންގި ހަރަކާތްތަކަށް ޖުމްލަ ހަރަދުވީ މިންވަރާއި، އެ ހަރަދުތަކުގެ ތަފްސީލު ހޯދުމަށެވެ. މީގެ އިތުރުން، މިނިވަން ދުވަހުގެ ހަރަކާތްތަކަށް މާލެ ފިޔަވައި އަތޮޅުތެރޭގެ ރަށްތަކުގައި ކުރި ހަރަދުތަކުގެ ތަފްސީލު ވަކިން އެނގޭނޭހެން ހާމަކުރުމަށްވެސް މެންބަރު އެދިވަޑައިގެންފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެންބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުނު މުނާސަބާ ފާހަގަކުރުމަށް އެ ވުޒާރާއިން ހިންގި ހަރަކާތްތަކަށް ހަރަދުވެފައިވަނީ ޖުމްލަ 4.1 މިލިއަން ރުފިޔާ ކަމަށެވެ.

އަދި މާލެ ފިޔަވައި އަތޮޅުތެރޭގެ އެއްވެސް ރަށެއްގައި މި ދުވަހުގެ މުނާސަބަތުގައި އެ މިނިސްޓްރީން އެއްވެސް ހަރަކާތެއް ހިންގާފައި ނުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ނިމިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން، ފުޅަނދުބުރާ އެކު މާލޭގައި ކުލަގަދަ ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 26 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ ރަސްމީ ދުވަހެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ދުވަހު ކުރާ އެންމެ ފުރަތަމަ ކަމަކަށް ވާންޖެހޭނީ ގައުމީ މަސްއޫލިއްޔަތުތައް ހަނދާންކުރުން: ވަޒީރު ހީނާޚަބަރު | 3 ގަޑިއިރު ކުރިންދިވެހި ބަސް ރައްކާތެރިކޮށް، ސަގާފަތާއި ޤައުމިއްޔަތު ދިރުވުމަކީ އެންމެންގެ ޒިންމާއެއް: ވަޒީރު ހީނާޚަބަރު | 7 ދުވަސް ކުރިންމިނިވަން ދުވަހާ ގުޅިގެން ނެރުނު ފަތްތޫރަ ރައީސުލްޖުމްހޫރިއްޔާ އަށް އަރުވައިފިޚަބަރު | 20 ދުވަސް ކުރިންކުތުބުޚާނާތަކަކީ ދިރިއުޅުމުގައި ޞައްޙަ މަޢުލޫމާތު ހޯދުމަށް މަގުކޮށައިދޭ އާރުކާޓީއެއް: ވަޒީރު ހީނާޚަބަރު | މަހެއް ކުރިން