ގައުމީ ދުވަހު ކުރާ އެންމެ ފުރަތަމަ ކަމަކަށް ވާންޖެހޭނީ ގައުމީ މަސްއޫލިއްޔަތުތައް ހަނދާންކުރުން: ވަޒީރު ހީނާ
15 އޯގަސްޓު 2026 - 13:29

ގައުމީ ދުވަހު އަޅުގަނޑުމެން ކުރާ އެންމެ ފުރަތަމަ ކަމަކަށް ވާންޖެހޭނީ ގައުމީ މަސްއޫލިއްޔަތުތައް ހަނދާންކުރުންކަމަށް ފަންނާއި ސަގަފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މިއަހަރުގެ ގައުމީ ދުވަސް ހއ. އުތީމުގައި ފާހަގަކުރަނީ ޣާޒީ ބަންޑާރައިންނަށް އަދާކުރެވޭ ލޯތްބާއި އިހުތިރާމުގެ ސަބަބުން ކަމަށެވެ. އަދި އެ ރަދުންނަށް ނިސްބަތްވާ އާސާރުތައް ރައްކާތެރިކޮށް ހަނދާންތައް އާލާކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެނީ ޖިހާދާއި ގުރުބާނީން ލިބުނު ނަސްރަށް ޝުކުރު އަދާކޮށް ޖީލުތަކަށް އެ ހަނދާންތައް ދެމެހެއްޓުމަށް ކަމަށް އެކަމަނާ ފާހަގަކުރެއްވި އެވެ.

Ad by Hajj Corporation
ގައުމީ ދުވަހަކީ އިއްޔެއާއި މިއަދާ ގުޅުވައި މާދަމާއަށް ވިސްނައި، މުރާޖައާކޮށް ތައްޔާރުވުމުގެ ދުވަހެއްކަމަށް ވަޒީރު ސިފަކުރެއްވި އެވެ. ގައުމުގެ މިނިވަންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ކޮންމެ ފަރުދެއްގެވެސް ފަރުދީ ޒިންމާއެއްކަން ހަނދާންކޮށްދެއްވަމުން، ޤައުމު ބިނާކޮށް ކުރިއަށްދިއުމަށް ހިތްވަރު އާކުރަންޖެހޭ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. ރާއްޖޭގެ އަދުގެ ހާލަތުގައި ވިސްނަންޖެހޭނީ ގައުމު ގައުމަކަށްވީ ސަބަބުތަކާމެދު ކަމަށް ވެސް ހީނާ ފާހަގަ ކުރެއްވެވި އެވެ.
މިއަދުގެ ހާލަތަށް ބަލާއިރު ކަންކަން ބަދަލުވުމުގެ ކޮޅުމަތީގައި ވާތީ، އެންމެ ބޮޑު މަސްއޫލިއްޔަތަކަށް ވެފައިވަނީ އެ ބަދަލުތައް ހެޔޮ މިސްރާބަކަށް އަނބުރާލުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ގައުމިއްޔަތު ދިރުވައި އާލާކޮށް އޭގެ ހަގީގީ މަގާމަށް އިއާދަކުރުމުގެ ސިޔާސަތެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައެޅުއްވީ މިފަދަ ގައުމީ މަގުސަދުތައް ހާސިލްކުރުމަށް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ވަޒީރު ހީނާ ވަނީ އަދުގެ ޒުވާނުންނަށް ގައުމީ ސިފަތަކުން ސިފަ ލިބިގަތުމަށާއި، އެއްބައިވަންތަކަން އުފައްދައި އާލާކުރުމަށް އިލްތިމާސްކުރައްވަވާފަ އެވެ. އަދި ހުރިހައި މާނައެއްގައި އިތުބާރު އުފައްދައި ދެމެހެއްޓުމާއެކު، ގައުމީ ދުވަސް ފާހަގަކުރާއިރު މާޒީން އިބްރަތް ލިބިގަނެ ގައުމީ ސިޔާދަތު ދިފާއުކޮށް ނެގެހެއްޓުމުގެ ވިސްނުން އިސްކުރުމަށް އެކަމަނާ އެދިވަޑައިގެންނެވި އެވެ.

-01.jpg&w=3840&q=75)
