logo
MPL

MPL

ޚަބަރު

"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާ ކުރުމަށް ހުޅުވާލުމާއި، މީޑިއާ ޕާޓްނަރުންނާ އެކު ސޮއިކުރުން

އަޙުމަދު ރިޝާން
14 ސެޕްޓެމްބަރު 2026 - 15:30
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާ ކުރުމަށް ހުޅުވާލުމާއި،  މީޑިއާ ޕާޓްނަރުންނާ އެކު ސޮއިކުރުން

 

ދިވެހިންގެ ކިބައިން ނެތެމުންދާ ރީތި އާދަތަކާއި އަޚްލާޤު ދިރުވާ އާލާކުރުމަށް ސަރުކާރުން ފަށާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯއެއް ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލައި، މި މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕީއެސްއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މީޑިއާތަކުގެ ފަރާތުން ކަނޑައެޅުއްވި މަންދޫބުން ވަނީ މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައެވެ. އަދި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، މި މަޝްރޫޢަށް އެންމެ އެކަށީގެންވާ ލޯގޯއެއް ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން އެންމެ މޮޅު ލޯގޯއެއް ހުށަހަޅާ ފަރާތަކަށް 60,000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. މި މަޝްރޫޢަށް ލޯގޯ ހުށަހަޅަންޖެހެނީ މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއަށެވެ. އަދި ހުށަހަޅާ ލޯގޯތަކަށް އިންސާފުކުރާނީ އެކަމަށް ޚާއްޞަ ފަނޑިޔާރުންގެ ޕެނަލަކުންނެވެ.

"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އަކީ ދިވެހިންގެ އައިޑެންޓިޓީ ހިފެހެއްޓުމަށާއި، ދިވެހިންގެ ކިބައިގައި ހުންނަ ރީތި އުޅުމާއި ގުޅުން އަލުން އިޔާދަކޮށް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާންކުރައްވާފައިވާ ޤައުމީ ކެމްޕެއިނެކެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"އިޙްތިރާމް އަދާކުރުމުގެ މަޝްރޫއަކީ ޤައުމުގެ ކުރިއެރުމަށްޓަކައި ވެރިއަކު ފެއްޓެވި އެންމެ ބޮޑު މަސައްކަތް"ޚަބަރު | ގަޑިއިރެއް ކުރިންވަށާޖެހޭ ތަރައްޤީ ގެނެވޭނީ އިންސާނީ ސިކުނޑިތައް ވެސް ބިނާކޮށްގެން: ހީނާޚަބަރު | 2 ދުވަސް ކުރިންސަގާފީ ތަރިކަ ހިމާޔަތްކުރުމުގައި ކުދި ޖަޒީރާ ގައުމުތަކަށް ބައިނަލްއަގުވާމީ އެއްބާރުލުން ބޭނުންވޭ: ހީނާޚަބަރު | މަހެއް ކުރިންހަރުދަނާ ޝަޚުސިއްޔަތަކަށް ވާނީ އެމީހަކަށް ލިބިފައިވާ ޢިލްމާއި ހުނަރުތަކަކުން އެކަންޏެއް ނޫން: ވަޒީރު ހީނާޚަބަރު | މަހެއް ކުރިން