logo
Bank of Maldives

Bank of Maldives

ޚަބަރު

ކުތުބުޚާނާތަކަކީ ދިރިއުޅުމުގައި ޞައްޙަ މަޢުލޫމާތު ހޯދުމަށް މަގުކޮށައިދޭ އާރުކާޓީއެއް: ވަޒީރު ހީނާ

އައިޝަތު ނަޝާ
12 ޖުލައި 2026 - 08:06
ކުތުބުޚާނާތަކަކީ ދިރިއުޅުމުގައި ޞައްޙަ މަޢުލޫމާތު ހޯދުމަށް މަގުކޮށައިދޭ އާރުކާޓީއެއް: ވަޒީރު ހީނާ

ކުތުބުޚާނާތަކަކީ ދިރިއުޅުމުގައި ބޭނުންވާ ޞައްޙަ މަޢުލޫމާތު ހޯދުމަށް މަގުކޮށައިދޭ އާރުކާޓީއެއް ކަމުގައި ފަަންނާއި ސަޤާފަތާ ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިފަދައިން ވިދާޅުވީ،ޤައުމީ ކުތުބުޚާނާގެ 81 ވަނަ އަހަރީ ދުވަހާއި، ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގަ އެވެ.

ވަޒީރު ހީނާ ވިދާޅުވީ ތުބުޚާނާތަކަކީ ޢިލްމާއި ޙިލްމު ލިބިފައިވާ މުޖުތަމަޢެއް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ މުއައްސަސާތަކެކެވެ. ކިޔުންތެރިކަމުގެ ތެރެއިން މި މާތް މަޤްޞަދު ޙާޞިލުކޮށްދިނުމުގެ އިތުރުން، ކުތުބުޚާނާތަކަކީ ދިރިއުޅުމުގައި ބޭނުންވާ ޞައްޙަ މަޢުލޫމާތު ހޯދުމަށް މަގުކޮށައިދޭ އާރުކާޓީއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

 

ގައުމީ ކުތުބުހާނާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެންމެ މުހިންމު އެއް މަޝްރޫއަކީ ސިޓީތަކުގައި ޒަމާނީ ލައިބްރަރީތައް ގާއިމުކޮށް، އުނގެނުމާއި ދިރާސާކުރުމުގެ ޝައުގުވެރިކަން ޒުވާން ޖީލުތަކުގައި އަށަގެންނެވުމެވެ. އެ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ކޮންމެ ރަށެއްގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ސަރުކާރުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި މާއްދީ ތަރިކަތަކާއި މައުނަވީ ތަރިކަތައް ހިމާޔަތްކޮށް، ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތެއް ތަންފީޒުކުރުމުގެ މަސައްކަތްކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުތުބުޚާނާތަކަކީ ދިރިއުޅުމުގައި ޞައްޙަ މަޢުލޫމާތު ހޯދުމަށް މަގުކޮށައިދޭ އާރުކާޓީއެއް: ވަޒީރު ހީނާޚަބަރު | 2 ގަޑިއިރު ކުރިންއަމާޒަކީ ތަރިކައިގެ ފަންނުވެރިންގެ މަޝްވަރާއާއެކު ދާއިރާގެ ކަންކަން ބައްޓަންކުރުން: ވަޒީރު ހީނާޚަބަރު | 3 ދުވަސް ކުރިންރާއްޖޭގައި ހިރިގަލުން ހަދާފައިހުރި މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުވުމަށް ޔުނެސްކޯގެ ޓީމެއް އަންނަނީޚަބަރު | 11 ދުވަސް ކުރިންމިނިވަންދުވަހުގެ ހަރަކާތްތަކަށް ހަރަދުވީ ޖުމްލަ 4.1 މިލިއަން ރުފިޔާ: މިނިސްޓަރު ހީނާޚަބަރު | 11 ދުވަސް ކުރިން