logo
Bank of Maldives

Bank of Maldives

ޚަބަރު

އަމާޒަކީ ތަރިކައިގެ ފަންނުވެރިންގެ މަޝްވަރާއާއެކު ދާއިރާގެ ކަންކަން ބައްޓަންކުރުން: ވަޒީރު ހީނާ

އައިޝަތު ނަޝާ
9 ޖުލައި 2026 - 04:27
އަމާޒަކީ ތަރިކައިގެ ފަންނުވެރިންގެ މަޝްވަރާއާއެކު ދާއިރާގެ ކަންކަން ބައްޓަންކުރުން: ވަޒީރު ހީނާ

ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ ރައްޔިތުންގެ އަޑުއަހައިގެން ދާއިރާގެ ފަންނުވެރި ބޭބޭފުޅުން ދައްކަވާ ވާހަކަތަކާއި ދެއްވާ އިރުޝާދާ ޚިޔާލުވެސް އަޑު އައްސައިވައިގެން ކުރިއަށްދިޔުން ކަމަށް ސަޤާފަތާ ތަރިކައާ ބެހޭ ވަޒީރު ޙީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ "ތަރިކަވެރިންގެ އަޑު" މި ނަމުގައި ބޭއްވި ޚާއްޞަ ބައްދަލުވުމަށްފަހު މީޑިއާއާ ވާހަކަފުޅުދައްކަވަމުންނެވެ. މިއީ މި ދާއިރާގައި ހަރަކާތްތެރިވާ ފަންނުވެރިންނާ ބައްދަލުކޮށް، މަޝްވަރާކުރުމަށް ބޭއްވި މިފަދަ ފުރަތަމަ ބައްދަލުވުމެވެ. އަމާޒަކީ ފަންނުވެރި ބޭފުޅުން ވިދާޅުވާ ވާހަކަތައް އަޑުއަހައިގެން ޚިޔާލާއި މަޝްވަރާއާއެކު ދާއިރާގެ ކަންކަން ބައްޓަންވެގެންދިޔުން ކަމަށް ވެސް އެކަމަނާ ފާހަގަ ކުރެއްވެވި އެވެ.

މި ބައްދަލުވުމުގައި ތަފާތު އެކި ދާއިރާތަކުގެ ފަންނުވެރިން ބައިވެރިވެވަޑައިގެންފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އޭގެ ތެރޭގައި ދިވެހި ބޭސްވެރިކަމާއި، ކުރެހުމުގެ ފަންނާއި، އަދި ތަރިކައާ ގުޅުންހުރި ކުދި ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ފަރާތްތައް ހިމެނޭ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ފަންނުވެރިންނާ ބައްދަލުކޮށް، އެ ބޭފުޅުންގެ ފަންނުތަކާ ގުޅޭގޮތުން ވާހަކަދައްކާލުމުގެ ފުރުސަތު ލިބުމަކީ މި ދާއިރާ ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް. އަދި އެ ބޭފުޅުންގެ ޚިޔާލުތަކަށް ބިނާކޮށް، ގުޅިގެން ކުރެވިދާނެ ގިނަ މަސައްކަތްތަކެއްވެސް ވަނީ ދެނެގަނެވިފާ" ވަޒިރު ހީނާ

 

ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ "2.0"ގެ ދަށުން ރާއްޖޭގެ ޚިދުމަތްތައް ޑިޖިޓަލައިޒުކުރެވޭ އިރު، ދިވެހި ތަރިކައިގެ ދާއިރާ ޑިޖިޓަލައިޒޭޝަނަށް ހިޖުރަކުރުމަށް މަގުފަހިކުރުމަށްޓަކައި، ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަމާޒަކީ ތަރިކައިގެ ފަންނުވެރިންގެ މަޝްވަރާއާއެކު ދާއިރާގެ ކަންކަން ބައްޓަންކުރުން: ވަޒީރު ހީނާޚަބަރު | 2 ގަޑިއިރު ކުރިންރާއްޖޭގައި ހިރިގަލުން ހަދާފައިހުރި މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުވުމަށް ޔުނެސްކޯގެ ޓީމެއް އަންނަނީޚަބަރު | 8 ދުވަސް ކުރިންމިނިވަންދުވަހުގެ ހަރަކާތްތަކަށް ހަރަދުވީ ޖުމްލަ 4.1 މިލިއަން ރުފިޔާ: މިނިސްޓަރު ހީނާޚަބަރު | 8 ދުވަސް ކުރިންމަސައްކަތް ކުރާނީ އަމިއްލަ ޖަމިއްޔާތަކުގެ ބައިވެރިވުން ހިމަނައިގެން: ވަޒީރު ހީނާޚަބަރު | މަހެއް ކުރިން