logo
MPL

MPL

ޚަބަރު

ރާއްޖޭގައި ހިރިގަލުން ހަދާފައިހުރި މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުވުމަށް ޔުނެސްކޯގެ ޓީމެއް އަންނަނީ

މަރިޔަމް މާޙީ
1 ޖުލައި 2026 - 05:56
ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ
ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ

ރާއްޖޭގައި ހިރިގަލުން ހަދާފައި ހުރި މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެ ތަންތަން ބަލައި ވަޒަންކުރުމަށް ޔުނެސްކޯގެ އިވެލުއޭޝަން ޓީމެއް އަންނަ ސެޕްޓެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރާނެކަން ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ހީނާ މިފަދައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާ އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު މުސްތޮފާ ސުވާލު ކުރައްވާފައިވަނީ ހިރިގަލުގެ މިސްކިތްތައް ޔުނެސްކޯގެ ލިސްޓުގައި ހިމެނުމަށްޓަކައި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި، މިކަމަށް ކިހާ ދުވަހެއް ހޭދަވާނެތޯއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށްޓަކައި މިއަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ހުށަހެޅި ނޮމިނޭޝަން ފައިލް ޔުނެސްކޯއިން މިހާރު ބަލައިގެންފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެ ފައިލް އިވެލުއޭޓް ކުރުމަށް ފަންނީގޮތުން ބަލައި ވަޒަންކުރުމުގެ މަރުހަލާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ދުނިޔޭގެ ތަރިކައިގެ ލިސްޓަށް މިސްކިތްތައް ސީދާ އަރާނެ ތާރީހެއް ދަންނަވަންދަތި ކަމަށް ފާހަގަ ކުރައްވަވާ މިނިސްޓަރު ވިދާޅުވީ، މިއީ ވަކި ޚާއްޞަ ޕްރޮސެސްއެއްގެ ދަށުން ޔުނެސްކޯ އިން ކުރިއަށްގެންދާ މަސައްކަތަކަށްވާތީ، މަރުހަލާތައް ނިމޭނެ ވަކި ދުވަހެއް ކަނޑައެޅިގެން ބުނަން ނޭނގޭ ކަމަށެވެ.

ނަމަވެސް، މި މަސައްކަތުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އަންނަ ސެޕްޓެމްބަރު މަހު ޔުނެސްކޯގެ ޓީމެއް ރާއްޖެ އައިސް މިސްކިތްތައް އަމަލީގޮތުން ބަލައި އިންސްޕެކްޓް ކުރާނެ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.

ރާއްޖޭގައި ހުރި ހިރިގަލު މިސްކިތްތަކަށް ދުނިޔޭގެ ތަރިކައިގެ ލިސްޓުން ޖާގަ ލިބުމަކީ ރާއްޖޭގެ މުއްސަނދި ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، މިއީ ރާއްޖޭގެ ސަގާފީ ފަތުރުވެރިކަން ކުރިއަރުވައި، ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާވެގެންދާނެ ކަމެއްގެ ގޮތުގައިވެސް މިނިސްޓަރު ސިފަކުރެއްވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ދުވަހު ކުރާ އެންމެ ފުރަތަމަ ކަމަކަށް ވާންޖެހޭނީ ގައުމީ މަސްއޫލިއްޔަތުތައް ހަނދާންކުރުން: ވަޒީރު ހީނާޚަބަރު | 3 ގަޑިއިރު ކުރިންދިވެހި ބަސް ރައްކާތެރިކޮށް، ސަގާފަތާއި ޤައުމިއްޔަތު ދިރުވުމަކީ އެންމެންގެ ޒިންމާއެއް: ވަޒީރު ހީނާޚަބަރު | 7 ދުވަސް ކުރިންމިނިވަން ދުވަހާ ގުޅިގެން ނެރުނު ފަތްތޫރަ ރައީސުލްޖުމްހޫރިއްޔާ އަށް އަރުވައިފިޚަބަރު | 20 ދުވަސް ކުރިންކުތުބުޚާނާތަކަކީ ދިރިއުޅުމުގައި ޞައްޙަ މަޢުލޫމާތު ހޯދުމަށް މަގުކޮށައިދޭ އާރުކާޓީއެއް: ވަޒީރު ހީނާޚަބަރު | މަހެއް ކުރިން