logo
Bank of Maldives

Bank of Maldives

ވިޔަފާރި

މިދިޔަ އަހަރު މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް: އެކްސްޕޯޓް 92 އިންސައްތައަށް މަތިވެފަ

އައިޝަތު ނަޝާ
3 މޭ 2026 - 12:52
މިދިޔަ އަހަރު މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް: އެކްސްޕޯޓް 92 އިންސައްތައަށް މަތިވެފަ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް 2025 ވަނަ އަހަރަކީ ފާހަގަކޮށްލެވޭ ފަދަ ބޮޑު ކުރިއެރުންތަކެއް ލިބި، ގައުމީ އިގްތިސާދަށް އޭގެ ފައިދާ ނުހަނު ބޮޑަށް ކުރި އަހަރެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ހާމަކޮށްފިއެވެ.

އެމް.އެމް.އޭ އިން ނެރުނު 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، ދުނިޔޭގެ ބާޒާރަށް ދިމާވި ގޮންޖެހުންތަކާއި ސަރަހައްދީ ހަމަނުޖެހުންތަކާ އެކުވެސް، ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން 2024 ވަނަ އަހަރު 3.5% ހުރި އިގްތިސާދީ ކުރިއެރުން، 2025 ވަނަ އަހަރު ވަނީ 6.3%އަށް މަތިވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނިމިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭން ބޭރުކުރި މަހުގެ މިންވަރު 92% އިތުރުވެފައިވުމަކީ އެންމެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އެމްއެމްއޭ ގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ކުރިއެރުން ލިބިފައިވަނީ، ރާއްޖޭގައި މަސް ބަންދުކުރާ ކުންފުނިތަކުން މަސް ގަންނަ މިންވަރު އިތުރުވުމާއި، ބައިނަލްއަޤުވާމީ ބާޒާރުގައި ދިވެހި މަހުގެ އުފެއްދުންތަކަށް އޮތް މަޤުބޫލުކަން އިތުރުވުމުގެ ސަބަބުންނެވެ.

ބޭރު ފައިސާ ހޯދުމަށް މަސް ބޭރުކުރި މިންވަރަށް ބަލާއިރު، ޖުމްލަ 76.4 ހާސް މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މީގެ ތެރެއިން ގަނޑުކުރި ކަނޑުމަސް ބޭރުކުރި މިންވަރު 158 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، ގަނޑުކުރި ކަންނެލި (7 އިންސައްތަ)، ދަޅުގައި ބަންދުކުރި މަސް (9 އިންސައްތަ) އަދި ހިކިމަސް (32 އިންސައްތަ) ބޭރުކުރި މިންވަރު ވެސް ވަނީ އިތުރުވެފައެވެ. މި ކުރިއެރުމާއެކު، މަސްވެރިކަމުގެ އުފެއްދުންތަކުން ލިބުނު އާމްދަނީ ވަނީ 56 އިންސައްތަ (52.2 މިލިއަން އެމެރިކާ ޑޮލަރު) އިތުރުވެފައެވެ.

ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް މަސްވެރިކަމުގެ ސިނާއަތުން ކުރި މަސައްކަތުގެ ތެރެއިން، ޖުމްލަ 76.4 ހާސް މެޓްރިކް ޓަނުގެ މަސް ވަނީ ރާއްޖެއިން ބޭރުކޮށްފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ގަނޑުކުރި ކަނޑުމަސް އެކްސްޕޯޓްކުރި މިންވަރު 158% ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، ގަނޑުކުރި ކަންނެލި ބޭރުކުރި މިންވަރު 7%، ދަޅުގައި ބަންދުކުރި މަސް 9% އަދި ހިކިމަސް ބޭރުކުރި މިންވަރު ވެސް ވަނީ 32% އަށް އިތުރުވެފައެވެ. މި ކުރިއެރުންތަކާއެކު، މަސްވެރިކަމުގެ އުފެއްދުންތަކުން ލިބުނު ޖުމްލަ އާމްދަނީ ވަނީ 56% (52.2 މިލިއަން އެމެރިކާ ޑޮލަރު) އިތުރުވެފައެވެ.

މަސްވެރިކަމުގެ ސިނާއަތަށް އައި މި ބޮޑު ބަދަލަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސްވެރިކަން ތަރައްގީކޮށް ހަރުދަނާކުރުމަށް އެކަށައަޅުއްވައި ތަންފީޒުކުރެއްވި ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އިގްތިސާދީ މާހިރުން ސިފަކުރައްވައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ އަހަރު މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް: އެކްސްޕޯޓް 92 އިންސައްތައަށް މަތިވެފަވިޔަފާރި | 2 ގަޑިއިރު ކުރިންއެފްއައިޔޫގެ ވެރިޔާ މަގާމުން ވަކިކޮށްފިޚަބަރު | 3 މަސް ކުރިން