ރާއްޖެ އާއި ސްރީލަންކާއާ ދެމެދު މުހިންމު ފަހުމުނާމާތައް ބަދަލުކުރައްވައިފި
4 މޭ 2026 - 09:59

ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު މުހިންމު ފަހުމުނާމާތައް ބަދަލުކުރެއްވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ބައިވެރިވެވަޑައިގަންނަވައިފިއެވެ.
ސްރީލަންކާގެ ކޮލޮންބޯގައި ހުންނަ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި، ދޭދޭ ގުޅުންތައް ހަރުދަނާކުރުމާ ގުޅުންހުރި ހަތް ފަހުމުނާމާއެއް، ދެ ޤައުމުން ވަނީ ބަދަލުކުރައްވާފައެވެ. މިއަދުގެ ރަސްމިއްޔާތުގައި، ޒުވާނުން ތަރައްޤީކުރުމާއި، އަރުޝީފުކުރުމުގެ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާ އާއި، ހައްދުފަހަނައަޅައިދިޔުން ހުއްޓުވުން ހިމެނެއެވެ.

Ad by Hajj Corporation
މީގެ އިތުރުން ޞިއްޙީ އަދި ދިފާޢީ ދާއިރާގެ ދިރާސީ މަސައްކަތްތަކުގައި ގުޅުންބަދަހިކުރުމާއި، ސްކޫލްތަކަށް ބޭނުންވާ މުދައްރިސުންނަށް ފަންނީ ތަމްރީނާއި ތަޖުރިބާ ފޯރުކޮށްދިނުމުގެ ދާއިރާގައި އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތައް ވަނީ ބަދަލުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މި ވަގުތު ހުންނެވީ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅެއްގައި، ސްރީލަންކާގައެވެ.


