logo
Bank of Maldives

Bank of Maldives

ޚަބަރު

ތިން ރަށެއްގެ ޑަބްލިއުޑީސީ ބައި-އިލެކްޝަން ޑިސެމްބަރު 14ގައި ބާއްވަނީ

އަޙްމަދު ޒަލީފް
13 އޮކްޓޯބަރު 2024 - 12:20
ތިން ރަށެއްގެ ޑަބްލިއުޑީސީ ބައި-އިލެކްޝަން ޑިސެމްބަރު 14ގައި ބާއްވަނީ

ތިން ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަން އަންނަ ޑިސެމްބަރު މަހުގެ 14ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ޑިސެމްބަރު މަހު ބައި އިލެކްޝަން ބާއްވަން ނިންމަވާފައިވަނީ ހދ.ކުރިނބި، މ.ރަތްމަންދޫ އަދި ގއ.ދެއްވަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރުން އިންތިޚާބުކުރުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ހދ.ކުރިނބި، މ.ރަތްމަންދޫ އަދި ގއ.ދެއްވަދޫ އަންހެނުންގެ ތަރައްޤީއަށް މެންބަރުން އިންތިޚާބުކުރަން ބައި އިލެކްޝަން ބާއްވަނީ އެކޮމިޓީތަކުގެ މެންބަރުން އިސްތިއުފާ ދެއްވުމާއި ގުޅިގެންކަމަށެވެ. މި ބައި-އިލެކްޝަންތަކުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، ޑިސެންބަރު 14 ވާ ހޮނިހިރު ދުވަހުގެ 8:00 އިން 16:00 އަށް ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

މި ބައި- އިލެކްޝަންގައި ކުރިނބީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 3 މެންބަރުން، ދެއްވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް 3 މެންބަރުން އަދި ރަތްމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް 2 މެންބަރުން އިންތިޚާބުކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

މި ބައި-އިލެކްޝަންތަކުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުށަހަޅާފައެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 29ވާ އަންގާރަ ދުވަހުގެ މެންދުރު 2:00 އާއި ހަމައަށެވެ.

މި ބައި-އިލެކްޝަންގެ ވޯޓު ގުނަން ފެށުމަށް ހަމަޖެހިފައިވަނީ، ވޯޓުލާ ދުވަހު ވޯޓު ނަގާ ނިމޭތާ 30މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައި ކަމަށާއި، އިންތިޚާބުގެ ރަސްމީ ނަތީޖާ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު އިޢުލާންކުރާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން އެމްޑީއޭގެ ތާއީދު ''މިއީ ގައުމަށް އެންމެ ފައިދާ ބޮޑުގޮތް''ޚަބަރު | 9 ދުވަސް ކުރިންބޮޑު ދެ އިންތިޚާބު އެއްކޮށް ބޭއްވުން: ގައުމަށް ހުރިހާމާނާއެއްގައި ވެސް ފައިދާކުރާނެ ނިންމުމެއްރިޕޯޓް | 13 ދުވަސް ކުރިންތަރައްގީލިބި ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުން ހޮވުން: މުހައްމަދު އިސްމާއީލްޚަބަރު | މަހެއް ކުރިންދޮޅު އަހަރަށްވުރެ މުއްދަތު ކުރުނަމަ ބައި-އިލެކްޝަންތައް ބާއްވަން ނުޖެހޭގޮތް ހަދަނީ ޚަބަރު | 10 މަސް ކުރިން