logo
Bank of Maldives

Bank of Maldives

ދުނިޔެ

މެދުއިރުމަތީގައި އަލުން ހަނގުރާމައިގެ ހުޅު ރޯވަނީ

މެދުއިރުމަތީގައި އަލުން ހަނގުރާމައިގެ ހުޅު ރޯވަނީ

މެދުއިރުމަތީގެ މަސްރަހު އަނެއްކާވެސް ނުތަނަވަސްވެ، ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަން އިތުރުވެއްޖެއެވެ. 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނުގެ މުހިންމު އަމާޒުތަކަށް ދިން ވަރުގަދަ ހަމަލާތަކާއެކު ފެށުނު މި ކުރިމަތިލުންތަކުގައި، އޭޕްރީލް މަހުގެ ކުރީކޮޅު ވަގުތީ މެދުކަނޑުމިނެއް އައި ނަމަވެސް، މިހާރު ވަނީ އަލުން ހަމަލާތައް ބަދަލުކުރަން ފަށާފައެވެ.

އީރާނާއި އެމެރިކާގެ ކުރިމަތިލުންތައް

Ad by Hajj Corporation

Ad by Hajj Corporation

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުން ހުށަހެޅި ސުލްހައިގެ ހުށަހެޅުންތައް ބަލައިނުގަނެ، އެއީ ފުރިހަމަ ހުށަހެޅުންތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ. ވަކިން ހާއްސަކޮށް ނިއުކްލިއާ މައްސަލައިގައި ދޫދޭން ޓްރަމްޕް ވަނީ ދެކޮޅު ހައްދަވާފައެވެ. މީގެ އިތުރުން، ހޯމްޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ހިމާޔަތް ދިނުމަށް "ޕްރޮޖެކްޓް ފްރީޑަމް" ގެ ނަމުގައި އަސްކަރީ ހަރަކާތެއް ފަށާފައިވާއިރު، އީރާނުން ބުނަނީ މިއީ ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ.

އީރާނަށް އެމެރިކާ އިން ކުރިމަތިކޮށްފައިވާ ކަނޑުގެ ބްލޮކޭޑަކީ ދާއިމީ ސުލްހައަށްދާން އީރާނުން ހުޅުވާލި ފުރުސަތަށް އެމެރިކާއިން ފައިން އެރުމެވެ. އެމެރިކާއިން ބޭނުންވަނީ އީރާނަށް އެއްވެސް މުދަލެއް އެތެރެވިޔަނުދީ، ރައްޔިތުން ބަނޑަށްޖައްސައި، ރައްޔިތުން ސަރުކާރާ ދެކޮޅަށް ނެރެ ވެރިކަން ވައްޓާލެވޭތޯ ބަލާށެވެ.

އީރާނުން ވަނީ މި ބޭ އިންސާފުގެ ކުރިމަތީ ބޯ ނުލަނބައި، އިންޒާރުތަކާއެކު ކިޔަމަންނުވި ބައެއް ބޯޓުތަކަށް ހަމަލާދީފައެވެ.

ޔޫ.އޭ.އީގެ ފުޖައިރާ އޮއިލް އިންޑަސްޓްރީ ޒޯނަށް ކްރޫޒް މިސައިލާއި ޑްރޯން ހަމަލާތަކެއް މިއަދު ބަޔަކު ފޮނުވާލުމުން އިތުރަށް މަޝްރަޙްގޯސްވެ ހަނގުރާމައިގެ ތުންފަތްމައްޗަށް އެ ސަރަހައްދުވަނީ ގޮސްފައެވެ. މި ހަމަލާތަކުގެ ޒިންމާ އީރާނުން އަދި ނުއުފުލިނަމަވެސް ޔޫއޭއީ އިން އެހަަމަލާ ވަނީ އީރާނުގެ ބޮލުގައި އަޅުވާފައެވެ. އަދި އެމެރިކާ އާއި އިސްރާއީލުން ކުރިއަށް އޮތް 24 ގަޑިއިރުތެރޭ އީރާނަށް ހަމަލާދޭން ފަށާނެކަމަށް ޔޫއޭއީން ވަނީ ބުނެފައެވެ.

ލުބުނާނާއި ގާޒާގެ ހާލަތު

ލުބުނާނުގައި އިސްރާއީލުން ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންތަކުގައި ދާދި ފަހުންވެސް އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ. ހިޒްބުالله އިން ދަނީ އިސްރާއީލުގެ ހަމަލާތަކަށް ރައްދު ދެމުންނެވެ. ގާޒާގައިވެސް ހަމާސް ހަތިޔާރު އެޅުމާއި ވެރިކަން ހިންގުމުގެ މައްސަލައިގައި ސުލްހައިގެ ވާހަކަތައް ވަނީ މަޑުޖެހިފައެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ލުބުނާނާއި ގާޒާގެ އެތައް މިލިއަން ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

އިގްތިސާދީ އަދި އިންސާނީ އަސަރުތައް

މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލެން ފަށާފައެވެ. އެމެރިކާގައި ތެޔޮ ގުލަންލެއްގެ އަގު މިހާރު ހުރީ 4.30 އާއި 4.45 ޑޮލަރާ ދެމެދުގައެވެ. ކަނޑުދަތުރުފަތުރަށް ހުރަސް އެޅި، މުޅި ސަރަހައްދުގެ އިގްތިސާދަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. ޑިޕްލޮމެޓިކް ގޮތުން މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، މަސްރަހު އޮތީ ކޮންމެ ވަގުތަކުވެސް ބޮޑު ހަނގުރާމައަކަށް ބަދަލުވެދާނެ ފަދަ ނުރައްކާތެރި ފައްތަރެއްގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނާއި ދެކޮޅަށްކުރާ ހަނގުރާމަ ނުނިމޭ: ނަތަންޔާހޫދުނިޔެ | 6 ދުވަސް ކުރިންއީރާނާއެކު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް އައުމުގެ ފުރުސަތު ބޮޑު: ޓްރަމްޕްދުނިޔެ | 9 ދުވަސް ކުރިންމެދުއިރުމަތީގައި އަލުން ހަނގުރާމައިގެ ހުޅު ރޯވަނީދުނިޔެ | 12 ދުވަސް ކުރިންހޯރްމޫޒް ކަނޑުއޮޅި ހުޅުވުމަށް އެމެރިކާއިން އެކުވެރިންގެ ކިބައިން އެހީތެރިކަމަށް އެދިއްޖެދުނިޔެ | 14 ދުވަސް ކުރިން