logo
MPL

MPL

ޚަބަރު

31 ދުވަހުގެ ތެރޭގައި މިލަންދޫ އެއަރޕޯޓު ތަރައްްގީއަށް ބޭނުންވާ ބިން ހިއްކާ ނިންމައިފި

31 ދުވަހުގެ ތެރޭގައި މިލަންދޫ އެއަރޕޯޓު ތަރައްްގީއަށް ބޭނުންވާ ބިން ހިއްކާ ނިންމައިފި

31 ދުވަހުގެ ތެރޭގައި ށ. މިލަންދޫ އެއަރޕޯޓު ތަރައްްގީއަށް ބޭނުންވާ ބިން ހިއްކާ ނިންމައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެކްސްގައި ކުރެއްވި އެ ޕޯސްޓުގައި މި މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ މި އަހަރުގެ އެޕްރީލް ތިނެއްގައި ކަމަށާއި މެއި ހަތަރެއްގައި އެ މަސައްކަތް ވަނީ ސައްތައިން ސައްތަ ފުރިހަމަކޮށްފައިކަން ހާމަކުރައްވާފައި ވެއެވެ. އަދި މި މަޝްރޫޢުގެ ދަށުން ޖުމުލަ 21 ހެކްޓަރުގެ ބިން ހިއްކައިފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ޖުމުލަ ޕްރޮޖެކްޓް ސަރަޙައްދުގެ ބޮޑުމިނަކީ 25.90 ހެކްޓަރ ކަމަށާއި ރަށުގެ ކުރީގެ ބިމުން 4.9 ހެކްޓަރުގެ ސަރަޙައްދަކުން ގަސް ނަގާފައިވާ ކަމަށް ވެސް އެ ޕޯސްޓުގައި ވެއެެވެ. އަދި ބިން ހިއްކުމަށް ޖުމުލަ 1،134،534 ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްފައިވާކަން ފާޙަގަކުރެއްވިއެވެ.

މި މަސައްކަތުގައި ބޭނުންކޮށްފައިވަނީ 35،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީގެ "ކުއީން އޮފް ދަ ނެދަލެންޑްސް" ޑްރެޖަރެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެދޮރު، ޞިއްޙީ ފަރުވާ އަދި އިޤްތިޞާދީ ފައިދާ: ޑރ. މުއިއްޒު ސަރުކާރުގެ އަމާޒުރިޕޯޓް | 4 ގަޑިއިރު ކުރިންއދ.އަކީ ޤާނޫނުތަކަށް އިޙްތިރާމްކުރުމުގެ މަތީގައި ސާބިތުވެ އޮންނަ މުއައްސަސާ އަކަށް ވާން ޖެހޭނެ: ރައީސްޚަބަރު | 5 ގަޑިއިރު ކުރިންޒިންމާދާރު ޖީލެއް ބިނާކުރުމަށް: ވަޠަނީ ޚިދުމަތުގެ 4 ވަނަ ބެޗުގެ ތަމްރީނުތައް ފަށައިފިޚަބަރު | 12 ގަޑިއިރު ކުރިންއިޔާދަކޮށްދެއްވި ޚާރިޖީ ގުޅުންތަކުގެ ފޮނި މޭވާ ރައްޔިތުންނަށް: 20 އެއްބަސްވުމެއް، ވިޔަފާރި 13 މިލިއަނުން 200 މިލިއަން ޑޮލަރަށްރިޕޯޓް | ދުވަހެއް ކުރިން