logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެ ހަމައެކަނި ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކުރަން ސަރުކާރުން އަމާޒު ހިފައިފި

ރާއްޖެ ހަމައެކަނި ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކުރަން ސަރުކާރުން އަމާޒު ހިފައިފި

ދިވެހިރާއްޖެއަކީ ހަމައެކަނި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔެ ދަންނަ ދެނެގަތުން ބަދަލުކޮށް، އިންޑިއާ ކަނޑުގެ އިޤްތިޞާދީ މައި ހަބަކަށް ޤައުމު ހެދުމުގެ ތަޞައްވުރު އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ހާމަކުރައްވައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފެއްޓެވި ސިލްސިލާ ބިޒްނަސް ފޯރަމްތަކުގެ ތެރެއިން 10 ވަނަ ފޯރަމްގެ ގޮތުގައި ބޭއްވި މޯލްޑިވްސް – ސްރީލަންކާ ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ވިޔަފާރިއާއި ރައުސުލްމާލް އަދި އައު އީޖާދުތައް ގުޅުވައިދޭ މަރުކަޒަކަށް ރާއްޖެ ހެދުމަކީ ސަރުކާރުގެ ސާފު އަމާޒެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެ ޤައުމުގެ ގުޅުމުގެ ފުންމިން ހާމަކުރައްވަމުން ވަޒީރު ފާހަގަކުރެއްވީ، ރާއްޖޭގެ މާލީ ދާއިރާއާއި ފަތުރުވެރިކަމާއި ދަތުރުފަތުރާއި މަސްވެރިކަމުގެ ދާއިރާގައި ސްރީލަންކާގެ ކުންފުނިތަކުގެ ބައިވެރިވުން މިހާރު ވެސް ވަރަށް ބޮޑު ކަމަށެވެ. އެއީ ހަމައެކަނި ވިޔަފާރީގެ މަންފާއެއް ނޫން ކަމަށާއި، ދެ ޤައުމުގެ ދެމެދުގައި އޮތް އިތުބާރާއި ގާތްކަމުގެ ރަމްޒެއް ކަމަށް ވެސް ވިދާޅުވިއެވެ.

"ކުދި ޖަޒީރާ ގައުމުތަކަކަށް ވީތީ، ދެ ގައުމަށްވެސް ކުރިމަތިވަނީ އެއްގޮތް ހަގީގަތްތަކެއް. އެއީ މާކެޓް ކުޑަވުމާއި، ބޭރުގެ އިގްތިސާދީ ލޮޅުންތަކުގެ އަސަރު ފަސޭހައިން ފޯރުމާއި، އަދި އިގްތިސާދު ސިންދަފާތުކޮށް އައު އީޖާދުތަކުގެ އެހީގައި ގައުމުގެ ފުދުންތެރިކަން އިތުރުކުރަން ޖެހިފައިވުން. މި ގޮންޖެހުންތަކަކީ އަޅުގަނޑުމެން ގުޅިގެން މަސައްކަތްކުރުމަށް ލިބޭ ފުރުސަތުތަކެއްވެސްމެ." ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ނަމަވެސް އެ ގުޅުމުގެ ތެރޭގައި ގޮންޖެހުމެއް ވެސް އެބައޮތެވެ. ވަޒީރު ވިދާޅުވި ގޮތުގައި ރާއްޖެއިން ލަންކާއާ އެކު ކުރާ ވިޔަފާރީގައި 166 މިލިޔަން ޑޮލަރަށް ވުރެ ބޮޑު ޑެފިސިޓެއް އެބައޮތެވެ. މި ފޯރަމަކީ އެ ފަރަގު ކުޑަކޮށް، ދެ ޤައުމު ގުޅިގެން ބޮޑެތި މަޝްރޫޢުތައް ހިންގައި، ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ލިބޭ ފުރުޞަތެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެ ހަމައެކަނި ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކުރަން ސަރުކާރުން އަމާޒު ހިފައިފިޚަބަރު | 2 ގަޑިއިރު ކުރިންމަސައްކަތްތެރިންގެ ޙައްގުތައް ހިމާޔަތްކުރަން ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށް ވަޒީރު ވިދާޅުވެއްޖެޚަބަރު | 4 ދުވަސް ކުރިންތާށިވެފައި ހުރި 2500އަށްވުރެ ގިނަ ކޮންޓައިނަރ އަންނަ ހަފުތާގައި ރާއްޖެ ގެންނާނެ: ވަޒީރު ސަޢީދުޚަބަރު | 6 ދުވަސް ކުރިން