logo
ކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރުMPL

MPL

ޚަބަރު

ސްރީލަންކާގެ ސައިގެ ސަގާފަތް ތަޖުރިބާކުރުމުގެ ޚާއްޞަ ހަފްލާއެއްގައި ރައީސްގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންފި

ސްރީލަންކާގެ ސައިގެ ސަގާފަތް ތަޖުރިބާކުރުމުގެ ޚާއްޞަ ހަފްލާއެއްގައި ރައީސްގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންފި

ކޮލަމްބޯގެ މޭޔަރު ކެލީ ބެލްތަޒާ އިންތިޒާމުކުރެއްވި، ސްރީލަންކާގެ ސައިގެ ސަގާފަތް ތަޖުރިބާކުރުމުގެ ޚާއްޞަ ހަފްލާއެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ. މި ހަފްލާ ބާއްވާފައިވަނީ ކޮލަމްބޯގެ މޭޔަރުގެ ރަސްމީ ގެކޮޅު، ސްރީ ނިވާސާގައެވެ.

މި ހަރަކާތުގައި ސްރީލަންކާގައި ތަފާތު ވައްތަރުގެ ސައި ކެއްކުމުގެ ވައްޓަފާޅި ދައްކާލުމުގެ އިތުރުން ސަޔާއެކުގައި ބޭނުންކުރަން ކަމުދާނެ ކާނާގެ ބައެއް ބާވަތްތައް ދެނެގަތުމާގުޅޭ ސެޝަނެއް ކުރިއަށް ގެންދެވިއެވެ. އަދި ކިޔަވާ ކުދިންގެ ފަރާތުން "ޓުމޯރޯސް ކޮލަންބޯ" ގެ ނަމުގައި ބޭއްވި ކުރެހުމުގެ މައުރަޒެއްވެސް މި ހަފްލާގައި ކުރިއަށްދިޔައެވެ. މިހަފުލާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި މޭޔަރު ވަނީ އިޖްތިމާޢީ ތަރައްޤީއާއި މުޖްތަމަޢުގެ ލާބައަށް ދެ ބޭފުޅުން ކުރާ މަސައްކަތްތަކާ ބެހޭގޮތުން ހިޔާލުބަދަލުކުރައްވާފައެވެ. ރައްޔިތުންގެ މުހުތާދުތައް ފުއްދުމަށް އަމާޒުކޮށް ކުރެވޭ މަސައްކަތްތަކުގައި ދެ ބޭފުޅުންވެސް ވަނީ ގުޅިގެން ގާތުން މަސައްކަތް ކުރުމުގެ އަޒުމް އައުކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުންގެ ރަސްމީ ހަރަކާތްތަކުގައި ހިމެނިގެން ބައިވެރިވެވަޑައިގެންނެވި ހަފުލާއެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންހެނުން ބާރުވެރިކުރުމާއި އިޖުތިމާއީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމު މަޝްވަރާއެއްޚަބަރު | 3 ގަޑިއިރު ކުރިންކެންސަރުން ރައްކާތެރިވުމަށް އަވަހަށް ސްކްރީންކުރުން މުހިންމު: ފަސްޓް ލޭޑީ ޚަބަރު | 14 ދުވަސް ކުރިންހިސާބު ޢިލްމު ހަރުދަނާކުރުމަކީ ޤައުމުގެ ކުރިމަގަށް ކުރެވޭ ވުނަކުރުމެއް: ފަސްޓް ލޭޑީޚަބަރު | 3 މަސް ކުރިންލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވައިފިޚަބަރު | 3 މަސް ކުރިން