logo
MPL

MPL

ދުނިޔެ

ކޮރަޕްޝަނުގެ މައްސަލައިގައި ޗައިނާގެ ކުރީގެ ދެ ޑިފެންސް މިނިސްޓަރުން މަރަން ހުކުމްކޮށްފި

 ޗައިނާގެ ކުރީގެ ދެ ޑިފެންސް މިނިސްޓަރުން މަރަން ހުކުމްކޮށްފި

ޗައިނާގެ ކުރީގެ ދެ ޑިފެންސް މިނިސްޓަރުން ކަމަށްވާ ވޭ ފެންގްހޭ އާއި ލީ ޝަންގްފޫގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނުގެ ދައުވާތައް ސާބިތުވެ، އެ ދެ ބޭފުޅުން މަރަން ޗައިނާގެ މިލިޓަރީ ކޯޓުން ބުރާސްފަތި ދުވަހު ހުކުމްކޮށްފިއެވެ.

ނަމަވެސް މި ހުކުމް ތަންފީޒުކުރުން ވަނީ ދެ އަހަރު ދުވަހުގެ މުއްދަތަށް ފަސްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޗައިނާގެ ރަސްމީ ނިއުސް އެޖެންސީ، ޒިންހުއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވޭ ފެންގްހޭގެ މައްޗަށް ކުށް ސާބިތުވީ ރިޝްވަތު ހިފުމުގެ މައްސަލައިގައެވެ. އަދި ލީ ޝަންގްފޫގެ މައްޗަށް ރިޝްވަތު ހިފުމުގެ އިތުރުން ރިޝްވަތު ދިނުމުގެ ކުށް ވެސް ވަނީ ސާބިތުވެފައެވެ.

މި ދެ ބޭފުޅުންނަކީ ވެސް ޗައިނާގެ ސެންޓްރަލް މިލިޓަރީ ކޮމިޝަނުގެ ކުރީގެ މެންބަރުންގެ އިތުރުން ކުރީގެ ސްޓޭޓް ކައުންސިލަރުންނެވެ.

ކޯޓުގެ ހުކުމާއެކު މި ދެ ބޭފުޅުންގެ ސިޔާސީ ހައްގުތައް އުމުރަށް ވަނީ ނިމުނަކަށް އައިސްފައެވެ. މީގެ އިތުރުން އެ ބޭފުޅުންގެ އަމިއްލަ ހުރިހާ މުދަލެއް ދައުލަތަށް ހިފޭގޮތަށް ވެސް ކޯޓުން ވަނީ ނިންމާފައެވެ.

ޗައިނާގެ ގާނޫނުތައް ބުނާގޮތުން، މަރުގެ ހުކުމް ތަންފީޒުކުރުން ފަސްކޮށްފައިވާ ދެ އަހަރުގެ މުއްދަތު ހަމަވުމުން، އެ ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުވާނެއެވެ. ނަމަވެސް، މި މައްސަލައިގައި ކޯޓުން ކޮށްފައިވާ ހުކުމުގެ ދަށުން، އަދަބު ލުއިކޮށްދިނުމަށް އެދުމުގެ ނުވަތަ ޕެރޯލްގެ ދަށުން މިނިވަންވުމުގެ ފުރުސަތެއް އެ ބޭފުޅުންނަށް ނޯންނާނެއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯލްޑިވިއަންގެ އޮފީހެއް ޗައިނާގައި ހުޅުވައިފިވިޔަފާރި | 14 ދުވަސް ކުރިންޗައިނާއިން އާ ސެޓެލައިޓްތަކެއް ޖައްވަށް ފޮނުވާލައިފިދުނިޔެ | 4 މަސް ކުރިންޗައިނާގެ ކޯލް މައިނެއްގައި ވަރުގަދަ ގޮވުމެއް، 90 މީހުން މަރުވެއްޖެދުނިޔެ | 6 މަސް ކުރިންހަނގުރާމައިގެ ނުތަނަވަސްކަމުގެ ތެރެއިން ޓްރަމްޕް ޗައިނާއަށް ވަޑައިގެންފިދުނިޔެ | 6 މަސް ކުރިން