ދުވާލެއްގެ މައްޗަށް 6597 ފަތުރުވެރިން ރާއްޖެ އާދޭ!
9 މޭ 2026 - 07:16

ޗުއްޓީ ހޭދަކުރުމަށް ދުވާލެއްގެ މައްޗަށް 6597 ފަތުރުވެރިން ރާއްޖެ އަންނަކަމަށް ފަތުރުވެރިކަމާ ތިމާވެެއްޓާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްް 831،254 ފަތުރުވެރިން އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރާއި އަޅާ ކިޔާއިރު، 5.4 އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 878،492 ފަތުރުވެރިންނެވެ.

Ad by Hajj Corporation
އަދި މި މަހުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 29،818 ފަތުރުވެރިން އައިސްފައިވެއެވެ.
މި އަހަރު މިހާތަނަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ތެރެއިން 567،371 މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އަދި 202،815 މީހަކު ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުންދައްކައެވެ.
އެ ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނަ ފަތުރުވެރިން އައި ޗައިނާއިން ރާއްޖެއަށް 125،682 ފަތުރުވެރިން އައިސްފައިވެއެވެ. ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމު ކަމަށްވާއިރު، އެ ގައުމަކީ މިދިޔަ އަހަރުވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމެކެވެ. ލިސްޓުގެ ދެވަނައިގައި އޮތް ރަޝިޔާއިން ރާއްޖެއަށް އައިސްފައި ވަނީ 107،368 ފަތުރުވެރިންނެވެ. އެ ލިސްޓުގެ ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން 73،493 ފަތުރުވެރިން އައިސްފައިވެއެވެ.
ރާއްްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އެތެރެ ވަނީ ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުންނެވެ. އެ އެއާޕޯޓުން މިހާތަނަށް 807،016 ފަތުރުވެރިން އެތެރެވެފައިވާއިރު، 1892 ފަތުރުވެރިންނާއެކު ދެވަނަައަށް އެންމެ ގިނައިން ފަތުރުވެރިން އެތެރެވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އެތެެރެ ވަނީ މާފަރު އިންޓަނޭޝަަނަލް އެއާޕޯޓުންނެވެ.
ރާއްޖޭގައި 186 ރިސޯޓާއި، 16 ހޮޓެލްގެ އިތުރުން، 950 ގެސްޓް ހައުސް އާއި، 172 ސަފާރީ އޮޕަރޭޓް ކުރަމުންދެއެވެ.


