logo
Bank of Maldives

Bank of Maldives

ޚަބަރު

ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތް ކުރަނީ ރިސޯޓްތަކަށް

އަޙުމަދު ރިޝާން
9 އޯގަސްޓު 2026 - 05:56
ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތް ކުރަނީ ރިސޯޓްތަކަށް

ރާއްޖެ އަންނަ ފަތުރުވެރިން އެންމެ ގިނައިން ޗުއްޓީ ހޭދަ ކުރަނީ ރިސޯޓްތަކުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، އޭގެ ތެރެއިން 73.1 އިންސައްތަ ނުވަތަ 922,974 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ ނިސްބަތަށް ބަލާއިރު، އެންމެ ކުރީގައި އުޅެނީ އިނގިރޭސިވިލާތެވެ. މި އަހަރުގެ މިހާތަނަށް އެ ގައުމުން 99,886 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އޭގެ ތެރެއިން 87.3 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ.

 ދެވަނައަށް އެންމެ ގިނައިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައި ވަނީ ސްވިޒަލޭންޑްގެ ފަތުރުވެރިންނެވެ. އެ ގައުމުން 24,380 ފަތުރުވެރިން ރާއްޖެ އައިއިރު، އޭގެ ތެރެއިން 86.3 އިންސައްތަ މީހުން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ. އަދި ތިންވަނައަށް އެންމެ ގިނައީ ރަޝިއާގެ ފަތުރުވެރިންނެވެ. ރަޝިއާއިން 184,927 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އޭގެ ތެރެއިން 81.5 އިންސައްތަ ފަތުރުވެރިން ވަނީ ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފަ އެވެ.

 މިވަގުތު ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށްޓަކައި 184 ރިސޯޓެއް ހުޅުވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ މިއީ 45,865 އެނދުގެ ކެޕޭސިޓީއެއް ކަމަށާއި، މިއީ ރާއްޖޭގައި މިވަގުތު އޮޕަރޭޓްކުރަމުންދާ ޖުމްލަ އެނދުގެ 66 އިންސައްތަ ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތް ކުރަނީ ރިސޯޓްތަކަށްޚަބަރު | ގަޑިއިރެއް ކުރިންމިމަހު އެކަނި ވެސް ރާއްޖެއަށް 85،135 ފަތުރުވެރިން އައިސްފައިވޭޚަބަރު | 23 ދުވަސް ކުރިންއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 951,222 ފަތުރުވެރިން އައިސްފައިވޭ!ޚަބަރު | 2 މަސް ކުރިންރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9 ލައްކައަށްވުރެ މައްޗަށްޚަބަރު | 2 މަސް ކުރިން