logo
MPL

MPL

ޚަބަރު

އެވްރެޖްކޮށް ދުވާލަކު ރާއްޖެ އަށް ހަހާސް ފަތުރުވެރިން ޒިޔާރަތްކުރޭ

އައިޝަތު ނަޝާއައިޝަތު ނަޝާ
24 އޯގަސްޓު 2026 - 08:24
އެވްރެޖްކޮށް ދުވާލަކު ރާއްޖެ އަށް ހަހާސް ފަތުރުވެރިން ޒިޔާރަތްކުރޭ

 ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6،005 ފަތުރުވެރިން ޒިޔާރަތްކުރާކަަމަށް ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފއެވެ.

އެ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1،405،082 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 1،460،747 ފަތުރުވެރިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތަފާސްހިސާބުތައް ދައްކާގޮތުން 18.6 އިންސައްތައިގެ ހިއްސާއަކާއެކު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އަންނަނީ ޗައިނާ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް އަންނަނީ ރަޝިއާ ފަތުރުވެރިންނެވެ.

ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ، ރިސޯޓުތަކުގައެވެ. އެއީ، 1،011،977 ފަތުރުވެރިންނެވެ. އަދި ގެސްޓުހައުސްތަކުގައި 305،846 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ. މީގެއިތުރުން ހޮޓާތަކުގައި 32،495 ފަތުރުވެރިން އަދި ސަފާރީތަކުގައި 25،730 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒުވާނުންނަށް އާމްދަނީއާއެކު ފަތުރުވެރިކަމުގެ ދާއިރާއިން ތަމްރީނުވާން ރަނުގެ ފުރުސަތެއްޚަބަރު | 6 ދުވަސް ކުރިން'ވިޒިޓް މޯލްޑިވްސް އިޔަރ' އިފްތިތާޙްކޮށް، ޓޫރިޒަމް އެވޯޑަށް މުޅިން އައު ދާއިރާތަކެއް ތަޢާރަފްކޮށްފިޚަބަރު | 10 ދުވަސް ކުރިންސެޕްޓެންބަރު މަހު ދުވާލަކު އެވްރެޖްކޮށް 5،800 އަށް ވުރެ ގިނަ ފަތުރުވެރިންޚަބަރު | 12 ދުވަސް ކުރިންތަރައްގީ ނުކުރެވި ހުރި ރިސޯޓްތަކުގެ މަސައްކަތް ފެށުމަށް އެއް އަހަރު ދެނީޚަބަރު | މަހެއް ކުރިން