logo
Bank of Maldives

Bank of Maldives

ޚަބަރު

ސިފައިންގެ ޚިދުމަތް ވަރުގަދަކޮށް، ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: ރައީސް

މަރިޔަމް މާޙީ
9 މޭ 2026 - 18:21
ސިފައިންގެ ޚިދުމަތް ވަރުގަދަކޮށް، ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: ރައީސް

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އަންނާން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، ސިފައިންގެ ޚިދުމަތް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ސިފައިންގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، އެކި ދާއިރާތަކުން އަސްކަރީ ޤާބިލުކަން އިތުރުކުރުން ކަމަށެވެ. އެގޮތުން، ވަކިވަކި ސިފައިންގެ ހުނަރާއި ޤާބިލުކަން ތަރައްޤީކުރުމުގެ އިތުރުން، ސިފައިންނަށް ބޭނުންވާ ޙައްޤުތަކާއި ޒަމާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އަސްކަރިއްޔާގެ އުމްރާނީ ތަރައްޤީއަށް ބޮޑެތި މަޝްރޫޢުތަކެއް ރޭވިފައިވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގާއިމުކޮށްފައިވާ އޭރިއާ ކޮމާންޑްތަކާއި ކޮމާންޑް ސެންޓަރުތައް އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތް މިހާރުވެސް ބާރަށް ކުރިއަށްދާ ކަމަށެވެ.

ދިވެހި ސިފައިން ޤައުމީ ޚިދުމަތުގައި ވަމުންދާ މަތިވެރި ޤުރުބާނީގެ އަގު ވަޒަންކުރައްވަމުން، ސިފައިންގެ ކުރިއެރުމަށް ބޭނުންވާ އެންމެހައި ކަންކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

މި ޝަރަފުވެރި ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިންނާއި، ސިފައިންގެ މަތީ ފަންތީގެ އޮފިސަރުންގެ އިތުރުން ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިފައިންގެ އަސާސީ ތަމްރީން ކޯސް ނިންމި 2 ބެޗެއްގެ ދަރިވަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިޚަބަރު | މަހެއް ކުރިންސިފައިންގެ ސްކޫލް އޮފް އިންޖިނޭރިންގް އެންޑް ލޮޖިސްޓިކްސް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވައިފިޚަބަރު | 3 މަސް ކުރިން"ޤައުމު ދެކެ ލޯބިވާ ކޮންމެ މީހެއްގެ ހިތުގައި އެންމެ ފަޚްރުވެރި މަޤާމު އޮންނަން ވާނީ ދިވެހި ސިފައިންނަށް"ޚަބަރު | 3 މަސް ކުރިންސިފައިންނަށް ޚާއްޞަ ހައުސިންގ މަޝްރޫޢެއް މި އަހަރު ފަށަނީޚަބަރު | 3 މަސް ކުރިން