logo
Bank of Maldives

Bank of Maldives

ޚަބަރު

ކުޑަކުދިންނަށް ހަގީގީ ލޯބިދިނުމަކީ އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދިނުން: ރައީސް

މަރިޔަމް މާޙީ
10 މޭ 2026 - 04:54
ކުޑަކުދިންނަށް ހަގީގީ ލޯބިދިނުމަކީ އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދިނުން: ރައީސް

ކުޑަކުދިންނަށް ހަގީގީ ލޯބިދިނުމަކީ އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދީ، ޒިންމާދާރު ބަޔެއްގެ ގޮތުގައި މާދަމާ އުޅެވޭނެ ގާބިލްކަން ހޯދައިދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި، މީސްމީޑިއާ މެދުވެރިކުރައްވައި ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އެންމެހާ ލޮބުވެތި ކުޑަކުދިންނަށާއި އެކުދިންގެ އާއިލާތަކަށް ލޯތްބާއެކު ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، ކުދިން ހެދިބޮޑުވަމުން އަންނަ ވަރަކަށް އެކުދިންގެ އުމުރާ ގުޅޭ ތައުލީމާއި ތަރުބިއްޔަތު ފޯރުކޮށްދިނުމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަދާކުރަންޖެހޭ ގައުމީ ޒިންމާއެއް ކަމަށެވެ. ކުޑަކުދިންނަށް ދޭންޖެހޭ އެންމެ ބޮޑު އަހައްމިއްޔަތަކީ އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި އެކުދިން ބޮޑުކުރުމާއި، ދުނިޔަވީ ތައުލީމުން އެކުދިން ބައްޓަންކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ކުޑަކުދިންނަކީ މާދަމާގެ މުޖުތަމައު ބިނާކުރާނެ ޒިންމާދާރު ބަޔަކަށް ހެދުމަށްޓަކައި އެކުދިންގެ ކިބައިގައި ގާބިލްކަން އުފެއްދުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެއްވެސް ކުޑަކުއްޖެއްގެ މަޢުޞޫމް ދިރިއުޅުމަށް ބުރޫއަރާނެ ފަދަ އެއްވެސް ބަހަކަށް ނުވަތަ އަމަލަކަށް ޖާގަ ނުދިނުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރަނީ މެއި މަހުގެ 10ވަނަ ދުވަހުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މުލަކަށް ވަޑައިގެންފިޚަބަރު | 4 ގަޑިއިރު ކުރިންހަރަދު ކުޑަކުރަން ލަފާ ދިނަސް، ރައްޔިތުންނާ ސީދާ ގުޅުންހުރި ކަންކަން ހުއްޓާނުލެވޭނެ: ތަރުޖަމާންޚަބަރު | 4 ގަޑިއިރު ކުރިންއަމާޒު ވަރަށް ސާފު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބޭނުންވާ އެހީތެރިކަން ލިބޭނެ: ރައީސްޚަބަރު | 5 ގަޑިއިރު ކުރިންޚަތީބުން ބިނާނުކޮށްފިނަމަ، ކުރިމަތިލާންޖެހޭނީ ބޮޑު ގެއްލުމަކާ: މިނިސްޓަރ ޝަހީމްޚަބަރު | 8 ގަޑިއިރު ކުރިން