logo
MPL

MPL

ދުނިޔެ

އީރާނާއި ދެކޮޅަށްކުރާ ހަނގުރާމަ ނުނިމޭ: ނަތަންޔާހޫ

މުހައްމަދު މޫސާމުހައްމަދު މޫސާ
10 މޭ 2026 - 16:45
އީރާނާއި ދެކޮޅަށްކުރާ ހަނގުރާމަ ނުނިމޭ: ނަތަންޔާހޫ

އީރާނާއި އެމެރިކާއާ ދެމެދު އޮތް ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާ އެކުވެސް، އީރާނާއެކު އޮތް ހަނގުރާމަ އަދި ނުނިމޭ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

ސީ.ބީ.އެސް ނިއުސްގެ "60 މިނިޓްސް" ޕްރޮގްރާމަށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ ބުނީ، އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އެ ގައުމުން ބޭރުކޮށް، އެ ގައުމުގެ ނިއުކްލިއަރް މަރުކަޒުތައް އުވާލަން ޖެހޭ ކަމަށެވެ. މީގެ އިތުރުން އީރާނުގެ މިސައިލް އުފެއްދުމުގެ ގާބިލުކަމާއި، އެކި ގައުމުތަކުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުގެ ބާރު ކަނޑުވާލުމަށް އިސްރާއީލުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އަހަރެމެން ވާނީ އީރާނުގެ ގާބިލުކަމުގެ ބޮޑު ބައެއް ހަލާކުކޮށްލާފައި. އެކަމަކު އަދިވެސް އެ ހުރިހާ ވަސީލަތްތަކެއް އެބަހުރި، އަދި ކުރަންޖެހޭ މަސައްކަތްތައް އެބަހުރި،" ނަތަންޔާހޫ ބުންޏެވެ.

ބައިނަލްއަގުވާމީ މޮނިޓަރުން އަންދާޒާކުރާ ގޮތުގައި، އީރާނުގައި މިހާރުވެސް ބޮން އުފެއްދުމަށް ބޭނުންވާ ފެންވަރަށް ގާތްކުރާ 970 ޕައުންޑުގެ ޔުރޭނިއަމް އެބަހުއްޓެވެ. ނަތަންޔާހޫ ބުނި ގޮތުގައި މި ތަކެތި އީރާނުން ބޭރުކުރުމަށް އޮތް އެންމެ ރަނގަޅު މަގަކީ އެއްބަސްވުމަކަށް އައުމެވެ.

ނަމަވެސް، އީރާނުގެ ނިއުކްލިއަރް މައްސަލާގައި އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ ދެން އަމަލުކުރާނެ ގޮތެއް ބުނަން ނަތަންޔާހޫ ވަނީ އިންކާރުކޮށްފައެވެ. އޭނާ ބުނީ މިކަމަށް ވަކި ތާރީޚެއް ކަނޑަނޭޅި ނަމަވެސް، މިއީ "ނުހަނު މުހިންމު މިޝަނެއް" ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނާ އެކު ކުރިއަށްދިޔަ ވާހަކަތައް ހުއްޓާލުމަށް ޓްރަމްޕް އަމުރުކުރައްވައިފިދުނިޔެ | 3 މަސް ކުރިންޓްރަމްޕްގެ ވިސްނުމަކީ އީރާނަށް އިގްތިސާދީ ގޮތުން ފިއްތުންތައް އިތުރުކުރުވުންދުނިޔެ | 3 މަސް ކުރިންހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައި އޮމާނާއި އީރާނުގެ މަޝްވަރާތައް ކުރިއަށް، ހުޅުވޭނެ ދުވަހެއް ނޭނގޭދުނިޔެ | 3 މަސް ކުރިންއެމެރިކާއާއެކު ސީދާ އެއްވެސް މަޝްވަރާއެއް ކުރިއަކަށްނުދޭ: އީރާންދުނިޔެ | 3 މަސް ކުރިން